ސަމާލުވޭ، ވައިބާ ހެކްކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދަނީ

ވައިބާ ހެކްކޮށްގެން ފައިސާ ހޯދާ މައްސަލަތަކެއް ވަނީ ފެންމަތިވެފައި: އޮޅުވާލައިގެން ފައިސާ ފޭރުމުގެ މައްސަލަތައް ފަހަކަށް އައިސް ވަނީ އިތުރުވެފައި -- ފޮޓޯ/ ފްލިކާ

ވައިބާ ހެކްކޮށް އެ ނަންބަރެއްގެ ވެރިފަރާތުގެ ރަހުމަތްތެރިންނާއި އާއިލާ މެމްބަރުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާތީ އެކަމަށް ސަމާލުވާން ފުލުހުން އެދިއްޖެއެވެ.

ފުލުހުން އިލްތިމާސްކޮށްފައިވަނީ ވައިބާ ހެކްކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާތީވެ، ފައިސާ ހޯދުމުގެ ކުރިން އެއީ ކާކުކަން ޔަގީން ކުރުމަށްފަހު ފައިސާގެ މުއާމަލާތްކުރުމަށެވެ.

މީގެއިތުރުން މިކަމަށް ސަމާލުވުމަށް އޯޓީޕީ ކޯޑު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފަހަކަށް އައިސް އެކި ގޮތްގޮތުން އޮޅުވާލައިގެންނާއި ބިރު ދައްކައިގެން ވެސް ފައިސާ ފޭރުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ.

ފުލުހުން މީގެ ކުރިން ހާމަކުރި ގޮތުގައި 2022 ވަނަ އަހަރު ސްކޭމްގެ 1،081 މައްސަލަ ރިކޯޑު ކުރެވިފައިވާއިރު މިދިޔަ އަހަރު ރިކޯޑު ކުރެވިފައިވަނީ 971 މައްސަލައެވެ.

comment ކޮމެންޓް