ނެދަލެންޑްސް ކައިރިން ފްރާންސަށް ޖާދުލެއް ނުދެއްކުނު

ޔޫރޯ 2024 ގައި ނެދަލެންޑްސްއާއި ފްރާންސް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި ނިމުމާ އެކު ދެވަނަ ބުރު ޔަގީންކުރަން ދެ ޓީމުން ވެސް އިންތިޒާރެއް ކުރަން ޖެހިއްޖެއެވެ.

ފްރާންސާއި ނެދަލޭންޑްސްއިން ވެސް މި މެޗަށް ނުކުތްއިރު، ދެ ޓީމު ވެސް ވަނީ ކުޅުނު ފުރަތަމަ މެޗުން މޮޅުވެފައެވެ. ފްރާންސް މޮޅުވީ އޮސްޓްރިއާ އަތުން 1-0 ގެ ނަތީޖާއަކުންނެވެ. އަނެއްކޮޅުން ނެދަލޭންޑްސް މޮޅުވީ ފުރަތަމަ މެޗުގައި ޕޮލެންޑް ކައިރިން 2-1 ގެ ނަތީޖާއަކުންނެވެ.

ނޭފަތަށް ލިބުނު އަނިޔާއާއި ގުޅިގެން އެމްބާޕޭ ކުޅިބަލަން ހުރި މި މެޗުގައި ފްރާންސުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ލިބުނު ކައުންޓާ އެޓޭކެއްގައި އަރާ ނެދަލެންޑްސްއިން ގޯލެއް ޖެހިއެވެ. ނަމަވެސް، ޒަވީ ސިމޯންސް ލަނޑު ޖަހާ ޓީމްގެ އެހެން ކުޅުންތެރިންނާ އެކު އުފާފާޅުކުރި ފަހުން ލައިސްމަނާ ވާހަކަދެއްކުމަށް ފަހު ނިންމީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

ޒަވީ ސިމޯންސް ލަނޑު ޖެހިއިރު ޓީމްގެ އެހެން ކުޅުންތެރިއަކު ކީޕަރާ އެއް ހަމައެއްގައި އޮފްސައިޑްގައި ހުރި ކަމަށް ރެފްރީ ނިންމުމަށް ފަހު، އަލުން ވީއޭއާރުން ޗެކްކުރިއެވެ. ގިނަ އިރުތަކަކަށް ފަހު ނިންމީ ލަނޑެއް ނޫން ކަމަށެވެ.

މިއީ މުބާރާތުގައި ލަނޑެއް ނުޖެހި އެއްވަރުވި ފުރަތަމަ މެޗެވެ.

comment ކޮމެންޓް