މާލޭ ސިޓީ ކައުންސިލުގެ ހުސްވެފައިވާ ގޮނޑިތަކަށް ކުރިމަތިލީ ޕީއެންސީއާއި އެމްޑީޕީން އެކަނި

މި އަހަރު އޮތް މާލޭ މޭޔަރު ބައި އިލެކްޝަންގެ ތެރެއިން -- ފޮޓޯ/ އިންފިނިޓް މޯމެންޓްސް

މާލޭ ސިޓީ ކައުންސިލުގެ ހުސްވެފައިވާ ތިން ގޮޮނޑިއަށް ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީން ކުރިމަތިލައިފިއެވެ.

އިލެކްޝަން ކޮމިޝަނުން އާންމުކޮށްފައިވާ ގޮތުން ހުސްވެފައިވާ ތިން ގޮނޑިއަށް ކައުންސިލަރުން ހޮވުމަށް ބާއްވާ ބައި އިލެކްޝަން ބާއްވަން ހަމަޖެހިފަިއވަނީ އަންނަ މަހުގެ 20 ވަނަ ދުވަހުއެވެ.

މިއީ މާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅި މެދު ދާއިރާއާއި، ހެންވޭރު ހުޅަނގު ދާއިރާ އަދި ހުޅުމާލެ ދާއިރާ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނެކެވެ.

އެގޮތުން މި ބައި އިލެކްޝަނުގައި ވާދަކުރާ ކެނޑިޑޭޓުންނަކީ:

މައްޗަން ގޮޅި މެދު ދާއިރާ

  • ފާތިނަތު އިޝާން އަލީ، އައިނާއެޑަމްސް/ ޕީއެންސީ
  • ހައްވާ ޝިފާނާ، މއ. ރިހިރާޅު/ އެމްޑީޕީ

ހެންވޭރު ހުޅަނދު ދާއިރާ

  • ފާތިމަތު ޝައުފާ ސަލީމް، ހ. އިސްފަހާން/ ޕީއެންސީ
  • މުހައްމަދު ޢަލީ ޖިނާދު، ހ. ގްރީންޒެސްޓް/ އެމްޑީޕީ

ހުޅުމާލެ ދާއިރާ

  • އަލީ އައިމަން، ހ. ފުޖޭރާ/ ޕީއެންސީ
  • އަހުމަދު ރަޝީދު (ތުތީ)، ހުޅުމާލެ. މާވަހަރު 3/ އެމްޑީޕީ

ރިޔާސީ އިންތިޚާބަށް ފަހު ރައީސް ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުން މާލޭ މޭޔަރު ކަމުގެ މަޤާމު ހުސްވިއެވެ.

އެއަށް ފަހު ބައި އިލެކްޝަން ބާއްވާ އެ ގޮނޑި ކާމިޔާބު ކުރެއްވީ އިދިކޮޅު އެމްޑީޕީން ވާދަކުރެއްވި އާދަމް އާޒިމެވެ. އާޒިމް ވަނީ ވޭތުވެ ދިޔަ ސަރުކާރުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމު ފުރުއްވައިފައެވެ.

މީގެ އިތުރުންވެސް ހަމަ އެ ދުވަހު ކައުންސިލުތަކުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން ހުސްވެފައިވާ މަޤާމުތަކަށް މީހުން އައްޔަނު ކުރަން އިތުރު ހަ ރަށެއްގައި ވެސް ބައި އިލެކްޝަން ބާއްވަން ހަމަޖެހިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.

comment ކޮމެންޓް