އެކި ރަށްތަކުގައި އުރީދޫއިން ކުލަގަދަކޮށް އީދު ފާހަގަކޮށްފި

ޅ. ނައިފަރުގައި އުރީދޫއިން ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން --- ފޮޓޯ/ އުރީދޫ

އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ އެކި ރަށްތަކާ ގުޅިގެން އުރީދޫއިން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

އުރީދޫއިން ބުނީ މި ހަރަކާތްތަކަކީ އީދުގެ އުފަލުގައި އެންމެންނަށް ބައިވެރިވެވޭނެ ގޮތަށް ކުރިއަށް ގެންދިޔަ ހަރަކާތްތައް ކަމަށެވެ. މިގޮތުން، އުރީދޫ ޓީމުން ރާއްޖޭގެ އެކި ހިސާބުތަކުގައި ކުޑަކުދިންނަށް އީދު ހަދިޔާ ބަހާފައިވާ ކަމަށް އުރީދޫއިން ބުނެއެވެ.

މީގެ އިތުރުން އެ ކުންފުނިން ނެޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ)އާ ގުޅިގެން މާލެ ސަރަހައްދުގައި ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެތެރޭގައި:

  • މާލި
  • ލަނގިރި ޖެހުން
  • ބޮޑުބެރު ޖެހުން
  • ސްޓޭޖް ޝޯ
  • ބޮޑުމަސް ނެރުން
  • އާޓިސްޓުންގެ ޕެއިންޓިން ޝޯކޭސް

މާލޭގައި ކުރިއަށް ގެންދިޔަ ސަގާފީ ހަރަކާތްތަކުގެ ތެރެއިން ކ. ކާށިދޫ ރައްޔިތުންގެ ހަރުބި ޖެހުން ----- ފޮޓޯ/ އުރީދޫ

އޭގެއިތުރުން، ނ. ލަންދޫގައި އުރީދޫއިން ވަނީ އީދު ފާހަގަކުރުމަށް މާލި ނެރުމާއި ލަނގިރި ޖެހުން ފަދަ ސަގާފީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. ހަމައެއާއެކު ބ. ކެންދޫގައި ކުޑަކުދިންނަށް ޚާއްސަ ބަބުލް ޝޯއަކާއި ތަފާތު ގޭމުތައް ތައްޔާރުކޮށްފައިވެއެވެ.

އީދު ފާހަގަކުރުމަށް ޅ. ނައިފަރުގައި ގިނަ ހަރަކާތްތައް ފެނުނުއިރު، މާލި ޕެރޭޑުން ފެށިގެން ބޮޑުބެރާއި ސްޓޭޖްޝޯއާ ހަމައަށް ކޮންމެ މީހަކަށް ވެސް އުފާވެރިކަން ލިބުނު ކަމަށް އުރީދޫންއިން ބުންޏެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ވަރަށް ކުލަގަދަކޮށް އީދު ފާހަގަކުރުމަށް ތަފާތު ހަރަކާތްތައް ބާއްވަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް