ގޫގުލް ކްރޯމް އެންޑްރޮއިޑަށް ޓެކްސްޓް ޓު ސްޕީޗް ފީޗާ ތައާރަފްކޮށްފި

--

ގޫގުލް ކްރޯމްގެ އެންޑްރޮއިޑަށް ހާއްސަ ކޮށްގެން "ލިސަން ޓު ދިސް ޕޭޖް"ގެ ނަމުގައި އާ ފީޗާއެއް ތައާރަފްކޮށްފިއެވެ.

މި ފީޗާ މެދުވެރިކޮށް ބްރައުޒާއިން ދައްކާ ވެބްޕޭޖްތައް އަޑުއަހާލެވޭނެއެވެ. ޓެކްސްޓް-ޓު-ސްޕީޗް (ޓީޓީއެސް) ފީޗާ ބޭނުންކޮށްލަން ވެބްޕޭޖްގައިވާ ތްރީ-ޑޮޓެޑް މެނޫއަށް ވަދެލުމުން މި ފީޗާ ފަސޭހަކަމާއެކު ބޭނުންކޮށްލެވޭނެއެވެ.

މީގެ އިތުރުން އޯޑިއޯ އަޑުއަހަމުން ދާއިރު އެހެން ޓެބަކަށް ބަދަލުވުމުގެ ނުވަތަ ސްކްރީން ލޮކް ކުރުމުގެ ފުރުޞަތު ވެސް ޔޫޒަރުންނަށް ލިބިގެންދެއެވެ.

މި ފީޗާގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އޭގެ ގިނަ ބަހުގެ ސަޕޯޓެވެ. ގޫގުލް ކްރޯމްގެ ޓީޓީއެސް ފީޗާގައި އަރަބި، ބެންގާލީ، ޗައިނީޒް، އިނގިރޭސި، ފްރާންސް، ޖަރުމަނު، ހިންދީ، އިންޑޮނޭޝިއާ، ޖަޕާން، ޕޯޗުގީޒް، ރަޝިއާ އަދި ސްޕެނިޝް ފަދަ ގިނަ ބަސްތަކަށް ވަނީ ސަޕޯޓްދީފައެވެ. އަދި މީގެ އިތުރުން ވޮއިސް ސޯސް ވެސް ބަދަލުކޮށްލުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.

މި ފީޗާ މިހާރު ވެސް ޔޫޒަރުންނަށް ރޯލްއައުޓް ކުރަން ފަށާފައިވާއިރު، ގޫގުލްއިން ވަނީ ފުޅާ ދާއިރާއެއްގައި ރިލީޒް ކުރަން ހަފުތާތަކެއް ނަގާނެ ކަމުގެ އިޝާރާތެއް ދީފައެވެ.

އެންޑްރޮއިޑަށް ގޫގުލް ކްރޯމްގައި ޓެކްސްޓް ޓު ސްޕީޗް ފީޗާ ތައާރަފްކުރުމަކީ ބޭނުންކުރާ ފަރާތްތަކަށް އެކްސެސިބިލިޓީ އާއި ލުއިފަސޭހަކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި ފީޗާގެ އެންމެ ފަސޭހަކަމަކީ ނޫސް ރިޕޯޓްތަކާއި، އާޓިކަލްތައް ކިޔަން ވަގުތު ހޭދަކުރުމުގެ ބަދަލުގައި އަޑުއަހާ ލެވޭކަމެވެ.

comment ކޮމެންޓް