Ooredoo
Dhiraagu

ނަޝީދު ވިދާޅުވީ ތިންވަނަ ބޮޑު ހަނގުރާމައެއްގެ ބިރު އެބައޮތް ކަމަށް

ކުރީގެ ރައީސް މުހައްމަދު ނަޝީދު: އެ މަނިކުފާނު ވިދާޅުވީ ތިންވަނަ ބޮޑު ހަނގުރާމައަކަށް މިސްރާބު ހުރި ކަމުގެ ބިރު އެބައޮތް ކަމަށް -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ދުނިޔޭގެ ކަންކަން ބަދަލުވަމުންދާ ގޮތުން މިސްރާބު ހުރީ ތިންވަނަ ބޮޑު ހަނގުރާމައަކަށް ކަމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ADK GENERAl

ދިވެހި ސިޔާސީ މަސްރަހުން ވަގުތީ ގޮތުން ފެޔަށް ޖެހިވަޑައިގެން ހުންނެވި ނަޝީދު މިހާރު ހުންނަވަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކެޓަރީ ޖެނެރަލްކަން ކުރައްވަން ގާނާގައެވެ.

އެ މަނިކުފާނު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބޮޑެތި ބާރުތަކުން އަންނަނީ އާންމުން ސިފައިންގޭގައި ނުވަތަ ދިފާއީ ބާރުތަކުގައި މަސައްކަތްކުރަން މަޖުބޫރުކުރުވަމުން ކަމަށެވެ. އަދި، ގައުމުތަކުން ދިފާއީ ކަންކަމަށް ކުރާ ހޭދަ ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާކަމާއި ހަތިޔާރު ގިނަ ކުރަން ވާދަކުރާކަން އެ މަނިކުފާނު ވަނީ ކަންބޮޑުވުމާ އެކު ފާހަގަކުރައްވައިފައެވެ.

ނަޝީދު ވަނީ ނަސްލީ ތަފާތުކުރުންތަކާއި ހިޖުރަކުރުމާ ދެކޮޅުވުން އިތުރުވަމުން އަންނަކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރައްވައިފައެވެ.

"ހަމަޖެހިގެން ވިސްނުންތެރިކަމާ އެކު ކަން ކުރާ ވެރިން ނާންނަ ނަމަ، މިސްރާބު ހުރީ ތިންވަނަ ބޮޑު ހަނގުރާމައަކަށްކަމުގެ ބިރު އެބައޮތް،" އިނގިރޭސި ބަހުން އެ މަނިކުފާނު ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

އެ މަނިކުފާނު ވަނީ އެ ހުރިހާ ކަމަކާ އެކު މޫސުމަށް އަންނަ ބަދަލުތަކުގެ ކަންބޮޑުވުން ވެސް ފާޅުކުރައްވައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދުނިޔޭގެ ބޮޑެތި ބާރުތަކުން ދިފާއީ ކަންކަމަށް ބޮޑު ހޭދައެއް ކުރެއެވެ. ޗައިނާ، ރަޝިއާ އަދި އެމެރިކާ ފަދަ ގައުމުތަކުން އެތައް ބިލިއަން ޑޮލަރެއް ދިފާއީ ކަންކަމަށް ޚަރަދުކުރެއެވެ.

އެގޮތުން މިދިޔަ އަހަރު އެކަނި ވެސް އެމެރިކާއިން ދިފާއީ ކަންކަމަށް 916 ބިލިއަން ޑޮލަރު ޚަރަދުކުރި ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ. ޗައިނާއިން މިދިޔަ އަހަރު ދިފާއީ ކަންކަމަށް ޚަރަދުކުރި ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވަނީ 296 ބިލިއަން ޑޮލަރެވެ. އެއީ، ދިފާއީ ކަންކަމަށް އެންމެ ބޮޑު ހޭދައެއްކުރާ ދެ ގައުމެވެ.

ނަޝީދު ސިޔާސީ ކަންކަމުން ފެޔަށް ޖެހިވަޑައިގެންކަން އިއުލާނުކުރެއްވީ ޑިސެމްބަރު 12، 2023 ގައެވެ.

އެ މަނިކުފާނު ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްކަން ކުރައްވަން ދިރިއުޅުއްވުން ގާނާއަށް ބަދަލުކުރެއްވީ މިދިޔަ ޖެނުއަރީ މަހުގެ 30 ގައެވެ.

Redstar
comment ކޮމެންޓް

comment ސލހ

9 month 2 week ago

ބިރު އޮތީ ކޮންތާކު ތޯ؟ ކެނެރީގޭގަ ތޯ؟ ނޫނީ ޔާގޫތު ގޭގަ ތޯ؟ ބިރު އޮތް ތަނެއް ބުނޭ .އޭރުން ދޯ ބިރު ނެރެވޭނީ. ހަމަ ގައިމުވެސް ޖާބިރު އޮތީ ހ.ތިމާވެށީގަ

comment ލާމު

9 month 2 week ago

ނަޝީދު ވިދާޅުނުވިޔަސް ތިކަން އެނގޭ އެންމެންނަށް ވެސް. ސުރުޚީއަކަށަ އަރާނުލާތާ ދުވަސްކޮޅެއްވީމަ ސުރުޚީއެއްް ހަދާލީ.

comment އަލިހަނދުވަރު

9 month 2 week ago

ކޮންބައެއްގެ ސަމާލުކަން ހޯދަން ކުރި ޕޯސްޓެއްބަ! މިހާރު ތިމާވެށީގެ ލީޑަރަކުން ދުނިޔޭގެ ސިޔާސީ ލީޑަރަކަށް ބަދަލުވީބާ؟ ހަތަރުފަރާތުން ފޭލްވެފައިހުރި މީހަކު ދައްކާ ވާހަކަތަކަށް ކާކު ސަމާލުކަންދެނީ. ކަލޯ ކޮންތާކުން ބައިނަލް އަގުވާމީ ޕޮލިޓިކްސް ދަސްކުރީ.

comment ސސ

9 month 2 week ago

ދުނިޔޭގައި އުޅޭ ދެތިން މީހުނަށް އުޅެވެނީ ހަގުރާމަކޮށް ޤައުމުތަށް ލޫޓުވައިގެން ކަމަށްވާނަމަ އަބަދު އެކަން ކުރަންޖެހިފައިތާ އޮންނާނީ، ހަތިޔާރު ވިއްކައިގެން ކައިބޮއިއުޅޭ ބަޔަކަށް ހަތިޔާރު ވިއްކާނެ ބާޒާރެއް ބޭނުންވާނެ !

comment ދޮން ބަބުރު ސޮރު

9 month 2 week ago

އަދި ކިރިޔާ ދުނިޔޭގެ ސިޔާސީ ވެރިއެއްގެ ލަގަބު ލިބޭވަރުގެ ވެރިޔަކސށް މަނިކުފާނު ބަދަލުވެ ވަޑާގަތުމުގެ ކޮޅުމަތި ފެންނަން މި ފެށީ.

comment ރަޝިޔާ

9 month 2 week ago

ނަޝީދު ބުނިއެއްކަމަކު ތީހަމަ 100ގެ ވާހަކައެއް. އަހަރެން އެއްމެ ދެކެން ބޭނުންވަނީ އެމެރިކާގެ ކިބައިން ހުނިޔެ ސަލާމަަޠްކުރުން. ގިނަ ގައުމުތަށް އެކުލެވޭ ވެރިކަމުގެ ނިޒާމެއް.މީ އަހަރެންގެ ހިޔާލު.

comment 27

9 month 2 week ago

ހަނގުރާމަ ކޮށްގެން ދިރިއުޅޭ ބަޔަކު ޖެހޭނީ އަބަދު ހަނގުރާމަ ކޮށްގެން ކައިބޮއިއުޅެން، އދ ހެދީ ދުނިޔޭގައި ސުލްހަ މަސަލަސްކަން ޤާއިމުކުރަން ، ނަމަވެސް އެމެރިކާ އާއި ބޮޑެތި ޤައުމުތަކުން ޤާނޫނަށް ބޯނުލަބާތީ މިއަދު ޢދ ވަނީ ފެއިލްވެފައި !