މާދަމައާއި އަޟްހާ އީދު ދުވަހު ވެމްކޯއިން ޚިދުމަތް ދޭ ގަޑިތަކަށް ބަދަލެއް ގެނެސްފިއެވެ.
ހަފުތާގެ ހަތް ދުވަހު ވެސް، އެ ކޯޕަރޭޝަންގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުގެ ޚިދުމަތް ދެނީ ހެނދުނު 8:30 އިން މެންދަމު 12:00 އާ ހަމައަށެވެ.
ނަމަވެސް، ހައްޖު ދުވަހާއި އަޟްހާ އީދު ދުވަހާ ގުޅިގެން ވެމްކޯއިން ވަނީ ޚިދުމަތް ފަށާ ގަޑި މެންދުރަށް ލަސްކޮށްފައެވެ.
އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ އެ ދެ ދުވަހު ޚިދުމަތް ފަށާނީ މެންދުރު 14:00 ގައި ކަމަށެވެ.
މިގޮތުން:
- މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަން: މެންދުރު 14:00 އިން މެންދަމު 00:00 ގެ ނިޔަލަށް
- ހުޅުމާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން: މެންދުރު 14:00 އިން މެންދަމު 00:00ގެ ނިޔަލަށް
- ވިލިމާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަން: މެންދުރު 14:00 އިން ރޭގަނޑު 22:00ގެ ނިޔަލަށް
- ތިލަފުށީ ޑިސްޕޯސަލް ސައިޓް: މެންދުރު 14:00 އިން ހަވީރު 17:00އަށް
- އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް: މެންދުރު 14:00 އިން ރޭގަނޑު 21:30އަށް
- ހުޅުމީދޫ ވޭސްޓް ޓްރާންސްފާ ސްޓޭޝަން: މެންދުރު 14:00 އިން ހަވީރު 16:00 އަށް
- ފުވައްމުލައް ސިޓީ ވޭސްޓް ޓްރާންސްފާ ސްޓޭޝަން: މެންދުރު 14:00 އިން ހަވީރު 16:00 އަށް
ފާހަގަކޮށްލެވޭ ގޮތުގައި، ވެމްކޯއިން މިފަދަ ބައެއް ބަންދުތަކާ ގުޅުވައި ޚިދުމަތް ދޭ ގަޑިތަކަށް ބަދަލުތައް ގެނެއެވެ.
މިވަގުތު މާލޭ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އަށް ސަރަޙައްދެއްގައި ވެމްކޯގެ ޚިދުމަތް ވަނީ ގާއިމުކުރެވިފައެވެ. ވެމްކޯ އިން ކުނި އުކުމުގެ ޚިދުމަތް ދޭން ފެށީ 2018 ވަނަ އަހަރުގައެވެ.