އީދުގައި ރައްޓެހިންނާއި އާއިލާއަށް އުރީދޫގެ ޑޭޓާ ޕެކެއް ހަދިޔާކުރެވޭނެ

އުރީދޫއިން މީގެ ކުރިން ބޭއްވި އީދު ހަރަކާތެއްގެ ތެރެއިން: އެ ކުންފުނިން ވަނީ މިއަހަރުގެ އީދަށް ޚާއްޞަ އޮފާތަކެއް އިއުލާންކޮށްފައި --

އުރީދޫގެ ކަސްޓަމަރުންނަށް އަޟްހާ އީދާ ދިމާކޮށް ޚާއްސަ އޮފާތަކެއް އެކުންފުނިން އިއުލާނުކޮށްފިއެވެ.

މިފަަހަރު އުރީދޫގެ އެކްސްކްލޫސިވް އީދު ޕްރޮމޯޝަންތަކުގެ ތެރޭގައި ބޯނަސް ޑޭޓާ އޮފާ، ގިފްޓިން އޮޕްޝަންސް، އަދި ޕެކް އެކްޓިވޭޓްކޮށްގެން އަގުހުރި އިނާމު ލިބޭނެ ގޮތްތައްވެސް ހިމެނެއެވެ.

އުރީދޫއިން ބުނީ، އީދު ހަދިޔާއެއްގެ ގޮތުގައި އުރީދޫގެ ހުރިހާ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 350 ރުފިޔާ އާއި އެއަށްވުރެ މަތީގެ ޕެކްތައް އެކްޓިވޭޓްކުރުމުން 60 އިންސައްތަ އާހަމައަށް ބޯނަސް ޑޭޓާ ލިބޭނެ ކަމަށެވެ.

އީދާ ދިމާކޮށް އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް-- ފޮޓޯ: އުރީދޫ

އުރީދޫގެ "ގިފްޓް އަ ޕެކް" މެދުވެރިކޮށް ފޮނުވާ ޑޭޓާ ޕެކްތަކަށް އުރީދޫގެ ފަރާތުން އިތުރު އެއް ޖީބީ ހިލޭ ލިބޭނެ ކަމަށް ވެސް އުރީދޫއިން ބުނެއެވެ.

ހަމަމިއާއެކު، ރައްޓެހިންނާއި އާއިލާއަށް ހަދިޔާއެއްގެ ގޮތުގައި މި އީދުގައި ޑޭޓާ ޕެކްއެއް އުރީދޫ މެދުވެރިކޮށް ފޮނުވާލެވޭނެ ގޮތް އުރީދޫއިން ބުންޏެވެ. އަދި ޕްރިޕެއިޑްއާއި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ އެކްޓިވޭޓް އެންޑް ވިން ޕްރޮމޯޝަނުގައި 500 ރުފިޔާ އާއި އެއަށްވުރެ މަތިން ޕެކެއް އެކްޓިވޭޓްކުރުމުން، އަގުހުރި އިނާމުތައް ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫއިން ބުނީ އިނާމުތައް ލިބޭ ނަސީބުވެރިން ހޮވާނީ ގުރުއަތުން ކަމަށެވެ.

އުރީދޫއިން ދެން ތައާރަފުކުރާ 'ބޮޑު ޗުއްޓީ ޕެކް'ގެ އޮފާތައް:

- 100 ޖީބީ ޑޭޓާ އާއި އުރީދޫ ނަންބަރުތަކަށް ހިލޭ ވޮއިސް ކޯލް 100 ރުފިޔާއަށް، 3 ދުވަހުގެ ވެލިޑިޓީއަކާއެކު

- 100 ޖީބީ ގެ އިތުރަށް 50 ޖީބީގެ ބޯނަސް ޑޭޓާ އާއި އުރީދޫ ނަންބަރުތަކަށް ހިލޭ ވޮއިސް ކޯލް 150 ރުފިޔާއަށް، 5 ދުވަހުގެ ވެލިޑިޓީއަކާ އެކު

އުރީދޫއިން ބުނީ މި އުފާވެރި އީދުގެ މުނާސަބަތުގައި މުވާސަލާތީ ގޮތުން އެންމެން ގުޅިފައި ތިބުމަކީ މުހިންމު ކަމެއް ކަމަށް އެކުންފުނިން ދެކޭ ކަމަށެވެ.

comment ކޮމެންޓް