ދިވެހި ޙައްޖުވެރިއަކު ނިޔާވެއްޖެ

މި އަހަރު ޙައްޖުގެ އަޅުކަން އަދާކުރަން މައްކާއަށް ދިޔަ ދިވެހި ޙައްޖުވެރިއަކު ނިޔާވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، ދިވެހި ޙާޖީއެއްކަމުގައިވާ، ފާޠިމަތު ޙަފީޒާ (80އ) ހަފީޒީހިޔާ. ރ. ހުޅުދުއްފާރު، ރޭގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށެވެ.

އެކަމަކު، އޭނާ ނިޔާވީ ކީއްވެ ކަމެއް މިނިސްޓްރީއަކުން ނުބުނެއެވެ.

މަރުހޫމުގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިއަދު މެންދުރު ނަމާދަށް ފަހު މަސްޖިދުލްޙަރާމްގައެވެ.

މި އަހަރުގެ ޙައްޖު ދުވަހަކީ ހޮނިހިރު ދުވަހެވެ.

ރާއްޖެއިން މި އަހަރު 1،150 މީހުން ވަނީ ޙައްޖުގެ އަޅުކަން އަދާކުރަން ފުރާފައެވެ.

comment ކޮމެންޓް