ކަރަންޓު މައްސަލަ ހައްލުކުރަން ދެ ރަށަކަށް ފެނަކައިން ޖެނެރޭޓަަރު ފޮނުވައިފި

ފެނަކައިން ރައްރަށަށް ފޮނުވުމަށް ލޯޑުކޮށްފައިވާ ޖެނެރޭޓަރު--- ފޮޓޯ/ ފެނަކަ ކޯޕަރޭޝަން

ކަރަންޓުގެ ޚިދުމަތް ރަނަގަޅު ކުރުމަށް ދެ ރަށަކަށް ޖެނެރޭޓަރު ފޮނުވުމަށް މިހާރު ލޯޑުކޮށްފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ލިމިޓެޑުން ބުނެފިއެވެ.

އެ ކޯޕަރޭޝަނުން ވަނީ މިއަދު އެކަން ހިއްސާކޮށް އެކްސްގައި ޕޯސްޓެއް ކޮށްފައެވެ.

ފެނަކަ ކޯޕަރޭޝަނުން ވަނީ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން ގެނެވުނު ޖެނެރޭޓަރުތައް ކަސްޓަމުން ކްލިއާކޮށް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް މިހާރު ފާށާފައިވާކަމަށް ބުނެފައެވެ.

މިގޮތުން ހދ. ކުޅުދުއްފުއްޓާއި ހދ. ހަނިމާދުއަށް ޖެނެރޭޓަރުތައް ފޮނުވުމަށް މިހާރު ލޯޑުކޮށްފައި ވާކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ފެނަކައިން ބުނެފައި ވާގޮތުގައި ކުޅުދުއްދުއްޓަށް ފޮނުވުމަށް ލޯޑުކޮށްފައި ވަނީ 800 ކިލޯވޮޓްގެ ޖެނެރޭޓަރަކާއި 1200 ކިލޯ ވޮޓްގެ ޖެނެރޭޓަރެކެވެ. އަދި ހަނިމާދުއަށް ގެންދިއުމަށް ލޯޑުކޮށްފައި ވަނީ 1200 ކިލޯވޮޓްގެ ޖެނެރޭޓަރެކެވެ.

ކުޅުދުއްފުށްޓަށް ކަރަންޓުގެ މައްސަލަ ކުރިމަތިވެފައިވާތާ ވަނީ ގިނަދުވަސްތަކެއް ވެފައެވެ. އެ މައްސަލަ ހައްލު ކުރުމަށް ކުޅުދުއްފުށި ސިޓީއަށް މިދިޔަ އޭޕްރިލް މަހުގައި ވެސް ވަނީ 600 ކިލޯވޮޓްގެ ދެ ޖެނެރޭޓަރު ވަނީ އިންސްޓޯލްކޮށްފައެވެ.

ފެނަކައިން ބުނީ މީގެ އިތުރުން ވެސް އެ ކޯޕަރޭޝަނުން ޚިދުމަތް ދެމުން އަންނަ އެހެން ރަށްރަށުގެ ކަރަންޓުގެ ހާލަތު ވެސް ރަނގަޅު ކުރުމަށް އެ ކޯޕަރޭޝަނުން މަސައްކަތް ކުރަމުން އަންނަކަމަށެވެ.

comment ކޮމެންޓް