ދިރާގުން ޓެކްސީތަކަށް ވައިފައި ލިބޭ ޚާއްސަ އީދު ޕްރޮމޯޝަނެއް ލޯންޗުކޮށްފި

ޓެކްސީއެއް: ދިރާގުން ވަނީ ޓެކްސީތަކަށް ވައިފައި ލިބޭ ޚާއްސަ އީދު ޕްރޮމޯޝަނެއް ލޯންޗުކޮށްފަ --- ފޮޓޯ/ ދިރާގު

ޓެކްސީ ދަތުރުކުރާއިރު ފަސިންޖަރުންނަށް ހަލުވި ސްޕީޑުގެ އިންޓަނެޓު ލިބޭނެ ޚާއްސަ އީދު ޕްރޮމޯޝަނެއް ދިރާގުން ލޯންޗުކޮށްފިއެވެ.

ދިރާގުން ބުނީ، މި ޕްރޮމޯޝަންގެ ދަށުން ޓެކްސީ ޑްރައިވަރުންނަށް މައިފައި ޑިވައިސްއަކާއެކު 10 ޖީބީ ޑޭޓާ ހިލޭ ލިބޭނެ ކަމަށެވެ.

އެ ކުންފުނިން ޓެކްސީތަކަށް ދޭ މައިފައި ޑިވައިސް މެދުވެރިކޮށް ޓެކްސީ ދަތުރުކުރާ ޑްރައިވަރުންނަށް ފަސޭހަކަމާއެކު އިންޓަނެޓު ފޯރުކޮށްދެވޭނެކަން އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ. އަދި، މި ޚާއްސަ ޕްރޮމޯޝަނާއެކު، ޑްރައިވަރުންގެ އިތުރުން ފަސިންޖަރުންނަށް ވެސް އިތުރު ލުއި ފަސޭހަތަކާއެކު އަވަސް މުއަމަލާތްތައް ކުރަން މަގުފަހިވާނެ ކަމަށް ދިރާގުން ބުނެއެވެ.

މީގެއިތުރުން، އަންނަ މަހުގެ 31ގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށްދާއިރު، އެ މުއްދަތުގެ ތެރޭގައި ޑްރައިވަރުންގެ ޓެކްސީ ކާޑު ހިފައިގެން މާލެ ނުވަތަ ހުޅުމާލޭގައި ހުންނަ ދިރާގު ކަސްޓަމާ ސާވިސްއަށް ޒިޔާރަތްކުރުމުން ހިލޭ މައިފައި ޑިވައިސް ލިބޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

މި ޕްރޮމޯޝަންގެ ތެރެއިން އިސްކަންދޭނީ ފުރަތަމަ ދާ ފަރާތްތަކަށްކަން ދިރާގުން ވަނީ ފާހަގަކޮށްފައެވެ.

އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ތަފާތު އައު އޮފާތައް ހުރިހާ އުމުރުފުރައަކަށް އެކަށޭނެ ގޮތަށް ފަރުމާކޮށް، ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށް ކަމަށް ދިރާގުން ބުނެއެވެ.

comment ކޮމެންޓް