ރައިވަރާއި ޅެން ހިމާޔަތްކުރުމަށް ޔުނެސްކޯގެ ޑިރެކްޓަރާ މަޝްވަރާކޮށްފި

ތަރިކައާބެހޭ ވަޒީރު، ޔުނެސްކޯގެ ޑިރެކްޓަރު ޓިމް ކާޓިސްއާ ބައްދަލު ކުރެއްވުން

ދިވެހިރާއްޖޭގެ މައުނަވީ ތަރިކައިގެ ތެރޭގައި ހިމެނޭ ރައިވަރާއި ޅެން ހިމާޔަތްކޮށް ރައްކާތެރި ކުރުމާބެހޭ ގޮތުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް، ޔުނެސްކޯގެ ޑިރެކްޓަރު ޓިމް ކާޓިސްއާ މަޝްވަރާ ކުރައްވައިފިއެވެ.

ޅެމުން ނަފުސާނީ ބައްޔަށް ފަރުވާދޭނެކަން ވަޒީރު އިއުލާނުކުރެއްވީ މި އަހަރުގެ ޅެންވެރީންގެ ދުވަހުއެވެ. އެ ގޮތުން ޕޮއެޓްރީ ތެރަޕީގެ ދިވެހި ނަމެއްގެ ގޮތުގައި ޅެން ފަރުވާ ކިޔަން ދިވެހިބަހުގެ އެކެޑަމީގެ ބަސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

https://sun.mv/187915

ޅެމާއި ރައިވަރު ހިމާޔަތްކުރުމާ ގުޅޭ ގޮތުން ތަރިކައާބެހޭ ވަޒީރު ޔުނެކްސޯގެ ޑިރެކްޓަރާ މަޝްވަރާ ކުރެއްވިއިރު، މި ބައްދަލު ކުރެއްވުމުގައި ދާރުލްއާސާރުގައި ހުރި އާސާރީ ތަކެތި ރައްކާތެރި ކުރުމާއި ދާރުލްއާސާރުގެ މަސައްކަތްތަކުގެ ފަންނުގައި މީހުން ތަމްރީން ކުރުމާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މި ބައްދަލު ކުރެއްވުމުގައި ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް ޔުނެސްކޯގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް މިހާތަނަށް ކޮށްފައިވާ މަސައްކަތާބެހޭ ގޮތުން އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ވަޒީރު ހިއްސާ ކުރެއްވި ކަމަށް ކަމަށް އެ ވުޒާރާއިން ބުންޏެވެ.

މީގެ އިތުރުން އެ ވުޒާރާއިން ބުނީ، ސަގާފަތާއި ތަރިކައިގެ ދާއިރާތަކުން މީހުން ތަމްރީނު ކުރުމަށް ދިވެހީން ރާއްޖޭން ބޭރަށް ފޮނުވުމުގެ ބަދަލުގައި، ރާއްޖޭގައި ތިބެ ތަމްރީނު ޕްރޮގްރާމްތައް ކުރިޔަށް ގެންދިއުމުގެ ފުރުސަތުތައް ބޭނުންވާ ކަމަށް ވަޒީރު ވިދާޅުވި ކަމަށެވެ.

ޔުނެސްކޯގެ ޑިރެކްޓަރު އެ ކަމަށް ތަރުހީބު ދެއްވައި، އެ ފަދަ ފެސިލިޓޭޓަރުން ހޯއްދަވައިދެއްވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި ކަމަށް ތަރިކައާބެހޭ ވުޒާރާއިން ބުންޏެވެ.

މި ބައްދަލު ކުރެއްވުމަށް ފަހު ޓިމް ކާޓިސްވަނީ ގައުމީ ދާރުލްއާސާރަށް ޒިޔާރަރް ކުރައްވައި، ދާރުލްއާސާރު ބައްލަވައިލައްވައިފައެވެ.

ޓިމް ކާޓިސްއަކީ ދިވެހިރާއްޖެ ހިމެނޭހެން، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ސްރީލަންކާ އަދި ނޭޕާލަށް ކަނޑައަޅުއްވާފައި ހުންނަވާ ޔުނެސްކޯގެ އިސް މަންދޫބެވެ.

comment ކޮމެންޓް