ލޯނަށް ޝަރުތު ހަމަވީ 1،015 ދަރިވަރުން، އެ ހުރިހާ ދަރިވަރުންނަށް ލޯނުދީފި

ދަރުބާރުގޭގައި މީގެ ކުރިން ބޭއްވި ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުމެއްގެ ތެރެއިން --- ފޮޓޯ/ އެމްއެންޔޫ

ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވީ 1,015 ދަރިވަރުން ކަމަށާއި އެ ހުރިހާ ދަރިވަރުންނަށް ލޯނު ދީފައިވާކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.

މިއަދު އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ 1153 ލޯނަށް ކޮލިފައިވާ ކަމަށެވެ.

އޭގެ ތެެރެއިން ޝަރުތު ހަމަވެ ހޮވުނު 1,015 ދަރިވަރުންނަށް ލޯނު ދީފައިވާ ކަމަށެވެ.

އެންމެ ފުރަތަމަ އެ މިނިސްޓްރީން ލޯނަށް އެދި ހުށަހެޅީ 500 ފުރުސަތެވެ. އެއަށްވުރެ އިތުރަށް ކުރިމަތިލީއިރު މިނިސްޓްރީން ވަނީ ޝަރުތު ހަމަވި ކުދިންނަށް ލޯނު ދީފައެވެ.

އަންނަ ބުރާސްފަތި ދުވަހު އެ ކުދިންނަށް ސްޕޮންސާ ލެޓާ ދޭނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރަށް މިނިސްޓްރީން ބުނީ މިއަދު ލޯނު ލިބޭ ކުދިންގެ ލިސްޓު މިނިސްޓްރީގެ ވެބްސައިޓުގައި އާންމު ކުރާނެ ކަމަށެވެ. އަދި އޭގައި ޕައިލެޓުކަން ކިޔަވަން ދިން ސްލޮޓުތައް ފިޔަވައި ދެން ހުންނާނީ ދާއިމީ ނަތީޖާކަން ވެސް މިނިސްޓްރިން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރަށް މިނިސްޓްރީން ވަނީ ސްޓޫޑެންޓު ލޯނާމެދު އެއްވެސް ޝަކުވާއެއް އޮތް ނަމަ މި މަހުގެ 25ގެ ނިޔަލަށް ހުށަހަޅަން ފުރުސަތު ހުޅުވައިލައިފައިވާ ކަމަށް ބުނެފައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުވަނީ ސްކޮލަޝިޕަށް ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ސްކޮލަޝިޕް ދޭން ނިންމަވައިފައިކަމަށް މިނިސްޓަރު މާރިޔާ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އެއީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނާއި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށެވެ.

comment ކޮމެންޓް