މޯލްޑިވްސް ބްރޮޑްކާސްޓް އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް ބްރޮޑްކާސްޓް އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި--ފޮޓޯ: މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަން

މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް އަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ބްރޯޑްކާސްޓިން ކޮމިޝަނުން ހުޅުވާލައިފިއެވެ.

މި އެވޯޑު ދިނުމުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ހިމެނެނީ، ރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ޑިމޮކްރަސީ އާލާކޮށް، ޤައުމު ބިނާކުރަން މީޑިއާއިން އަދާކުރާ ދައުރުގެ އަގުވަޒަންކުރުމެވެ.

އަދި އެކި ދާއިރާތަކުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު މުއްސަނދި ކުރުމުގައި ބްރޯޑްކާސްޓަރުން އަދާކުރާ ދައުރުގެ އަގުވަޒަންކުރުމެވެ.

ހަމައެއާއެކު މި ސިނާޢަތުގެ ތަރައްޤީއަށް މަގުފަހިކޮށް ހިތްވަރު ދިނުމެވެ.

މިގޮތުން މި އެވޯޑުގައި ހިމެނޭ ކެޓަގަރީތަކަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް މިހާރުވަނީ ދިވެހި ސަރުކާރު ގެޒެޓްގައި އިއުލާނުކޮށްފައެވެ.

އެ ކޮމިޝަނުން ބުނީ އިނާމު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތައް އެކުލެވޭ ތަފްސީލާއި އެޕްލިކޭޝަން ފޯމް “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑު ދިނުމުގެ އުސޫލު”ގައި ބަޔާންކޮށްފައިވާނެކަމަށާއި މި އުސޫލު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ވެބްސައިޓްއިން ލިބޭނެ ކަމަށެވެ.

މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ އަންނަ ޖުލައި މަހު 18 ވަނަ ދުވަހުގެ 14:00 އާ ހަމައަށް ހުޅުވާލެވިފައެވެ.

comment ކޮމެންޓް