ކެމްބްރިޖް އާލީ ލާނާސް ކަރިކިއުލަމަށް ކިޔަވައިދޭ އިންޓަނޭޝަނަލް ސްކޫލެއް ހޯރަފުށީގައި ހުޅުވަނީ

ކެމްބްރިޖް އާލީ ލާނާސްއަށް ކިޔަވާދޭ އިންޓަނޭޝަލް ސުކޫލު --

ކެމްބްރިޖް އާއި ގުޅިގެން އެވިޑް އިންޓަނޭޝަނަލް ސުކޫލުގެ ނަމުގައި ހއ. ހޯރަފުށީގައި އިންޓަނޭޝަނަލް ސުކޫލެއް ގާއިމުކޮށްފިއެވެ.

އެގޮތުން، މި ސްކޫލަކީ ހއ. އަތޮޅުގައި ކެމްބްރިޖާ ގުޅިގެން ޤާއިމްކުރެވުނު ކެމްބްރިޖް އާލީ ލާނާސް ކަރިކިއުލަމަށް ކިޔަވައިދޭ ފުރަތަމަ އިންޓަނޭޝަަނަލް ސްކޫލެވެ.

އެންމެ ފުރަތަމަ މި ސުކޫލުގައި ކިޔަވާ ދިނުމަށް ހަމަޖެހިފައިވަނީ، ބޭބީ ނާސަރީ، ނާސަރީ، އެލްކޭޖީ އަދި ޔޫކޭޖީގެ ކުލާސްތަކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި ސުކޫލު ހޯރަފުށީގައި ގާއިމުކުރުމަށް މަސައްކަތްކުރައްވައި އެހީތެރިކަން ދެއްވި އެންމެ އިސް ފަރާތަކީ ކުރީގެ ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމެވެ.

ކެމްބްރިޖް އާލީ ލާނާސްއަށް ކިޔަވާދޭ އިންޓަނޭޝަލް ސުކޫލު -----

މި ސްކޫލުގެ އިމާރާތާއި އައުޓްޑޯ ޕްލޭ އޭރިއާގެ ތަކެއްޗާއި ފަރުނީޗަރު ވެސް ހޯދައިދެއްވީ ހއ. އަތޮޅު ކައުންސިލުންނެވެ. މި ސްކޫލު ހިންގުމުގައި ވެސް އެ އަތޮޅު ކައުންސިލުން އަބަދު ވެސް އެހީތެރިކަން ލިބެމުންދާނެ ކަމަށް އެ ކައުންސިލުން ބުނެއެވެ.

އެވިޑް ކޮލެޖްގެ ޗެއާމަން އަދި އެވިޑް އިންޓަނޭޝަނަލް ސްކޫލުގެ މަސްޢޫލުވެރިޔާ އަބްދުﷲ މުޝްތާޤް ރަޝާދު ވިދާޅުވީ، އިންޓަނޭޝަނަލް ސުކޫލެއް ނެތް ބޮޑެތި އާބާދީތައް ހުރި ސަރަހައްދުތަކުގައި ވީ އެންމެ އަވަހަކަށް މި ޚިދުމަތް ފުޅާކުރައްވާނެ ކަމަށެވެ.

އަދި، ކުރިއަށް އޮތް ތަނުގައި ގްރޭޑް ކްލާސްތަކަށް ވެސް ކިޔަވައިދޭން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް