ނިހާންގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެންގޮސްފި

5 މާރިޗް، 2020: ޖުމްހޫރީ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އަހްމަދު ނިހާން ވާހަކަ ދައްކަވަނީ - ސަން ފޮޓޯ/ އަހްމަދު ސައީދު

ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރުކަން ކުރިން ކުރެއްވި، ކުރީގެ މެމްބަރު އަހްމަދު ނިހާންގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އުފުލައިފައިވާ ދައުވާތައް އަނބުރާ ގެންގޮސްފިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ނިހާން ވަނީ އޭނާގެ މައްޗަށް އުފުލި ދައުވާތަކުގެ މައްސަލައިގައި އެ ކަންކަން ރިވިއުކުރުމަށް މިދިޔަ އަހަރުގެ ފަހުކޮޅު ޕީޖީ އޮފީހުގައި އެދިވަޑައިގެންފައެވެ.

އެއާއެކު ޕީޖީ އޮފީހުންވަނީ އެ ދައުވާތައް މުރާޖާކުރުމަށްފަހު މައްސަލަަ ކުރިއަށް ނުގެންދަން ނިންމައިފައެވެ.

މި ކަމާ ގުޅިގެން ޕީޖީ އޮފީހުގެ ރަސްމީ ބަހެއް ހޯދަން ގުޅި ނަމަވެސް ލިބޭގޮތްވަނީ ނުވެފައެވެ.

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު ނިހާންގެ މައްޗަށް އުފުލީ ރިޝްވަތު ހިފުމުގެ ދެ ދައުވާއާއި، ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދެ ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާއެކެވެ.

މީގެ މަހެއްހައި ދުވަސްކުރިން މައްސަލަ ކުރިއަށް ނުގެންދަން ނިންމިއިރު މިއަދުވަނީ ނިހާން ރައްޔިތުންގެ މަޖިލީހުގެ ޗީފް އޮފް ބިއުރޯގެ މަގާމަށް އައްޔަންކޮށްފައެވެ.

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު ނިހާންގެ މައްޗަށް ދައުވާތަކެއް ވެސް އުފުލިއެވެ. އެއީ ރިޝްވަތު ހިފުމުގެ ދެ ދައުވާއާއި، ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދެ ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާއެކެވެ. ނަމަވެސް މީގެން ދައުވާއެއް ސާބިތުވެފައެއް ނުވެއެވެ.

comment ކޮމެންޓް