ތިމާވެށި ދުވަހާއި ގުޅިގެން ސަން ސިޔާމް ވިލުރީފްގައި ފަރު ސާފުކުރުމުގެ ޚާއްސަ ޕުރޮގްރާމެއް މިއަދު ބާއްވައިފިއެވެ.
ތިމާވެށި ދުވަހާ ގުޅިގެން ސަން ސިޔާމް ވިލުރީފްގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އެ ރިސޯޓްގެ މުވައްޒަފުންނާއި ގެސްޓުން ވެސް ވަނީ ބައިވެރިވެފައެވެ.

މި ހަރަކާތުގެ ތެރެއިން ފަރު ސާފުކުރުމުގެ ޚާއްސަ ޕްރޮގްރާމްގެ އިތުރުން ވެށި ހިމާޔަތްކުރުމުގެ ކަންކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމަކާއި، ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ދިޔައެވެ.

ސަން ސިޔާމް ރިސޯޓްސް އިން އަބަދުވެސް އަންނަނީ މުޖުތަމައުއަށް ލާބަހުރި ކަންކަން ހިންގަމުންނެވެ.
މިއަދު ބައިނަލްއަޤުވާމީ ތިމާވެށީގެ ދުވަސް ފާހަގަކުރަމުންދާއިރު މި އަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިއާރު ބިނާވެފައި އޮތީ ބިންތައް ފެހިކުރުމާއި، ހަނަފަސްވުމާއި، މެދު ހޭލުންތެރިކޮށް، އެ ކަންކަމުން ވެށި ސަލާމަތްކުރުމާ ގުޅޭގޮތުންނެވެ.
މިގޮތުން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށްވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ވެސް މިއަދު ވަނީ އިފްތިތާހުކޮށްފައެެވެ.