ވާހަކަދެއްކުމުގެ ހުނަރު ދަސްކޮށްދިނުމަށް ދިވެހިބަހުގެ އެކެޑަމީން މާމެންދޫގައި ކިލާސްތަކެއް ބާއްވައިފި

ވާހަކަދެއްކުމުގެ ހުނަރު ދަސްކޮށްދިނުމަށް ދިވެހިބަހުގެ އެކެޑަމީން ލ.މާމެންދޫގައި ކިލާސްތަކެއް ބާއްވައިފި-- ފޮޓޯ/ މާމެންދޫ ސުކޫލު

ލ. މާމެންދޫ ސްކޫލާއި ދިވެހިބަހުގެ އެކެޑަމީ ގުޅިގެން, ވާހަކަދެއްކުމުގެ ހުނަރު ދަސްކޮށް ދިނުމުގެ ކިލާސްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު މާމެންދޫ ސުކޫލުގައި ބޭއްވި ކިލާސްތަކުގެ މަގުސަދަކީ ދަރިވަރުންނަށް ވާހަކަދެއްކުމުގެ ހުނަރު ދަސްކޮށްދީ، އާލާކުރުމުގެ އިތުރުން، ލާމު އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން އެ އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ "ލާމަސީލު ލާމު" އަތޮޅު ވާހަކަދެއްކުމުގެ މުބާރާތަށް ދަރިވަރުން ތައްޔާރުކުރުން ކަމަށް މާމެންދޫ ސްކޫލުން ބުންޏެވެ.

އެ ކިލާސްތައް ނަންގަވައިދެއްވީ ދިވެހިބަހާއި އަދަބިއްޔާތުގެ އުސްތާޛު ޢަބްދުލް ޢަޒީޒު ޖަމާލު އަބޫބަކުރެވެ.

މާމެންދޫ ސުކޫލުން ބުނީ އެއީ ވަރަށް ކާމިޔާބު ކިލާސްތަކެއް ކަމަށާއި މި ކިލާސްތައް ކުރިއަށް ގެންދިޔައީ މާމެންދޫ ސްކޫލުން އެދުމުން ކަމަށެވެ.

އެ ޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ ހުރިހާ ޚަރަދުތަކެއް ވެސް ކުރީ އެ ސްކޫލުންކަން މާމެންދޫ ސްކޫލުން ފާހަގަކުރިއެވެ.

comment ކޮމެންޓް