ކޫލް ސްކޫލެއްގައި ރުޅިވެރިކަމެއް، ބުލީކުރުމެއް ނޯންނާނެ: މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މާފުށީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ---

"ކޫލް ސްކޫލް" ޕްރޮޖެކްޓާ އެކު ސްކޫލްތަކުގައި ގާއިމްވެގެންދާ ފިނި މާހައުލުގެ ސަބަބުން ސްކޫލްތަކުގައި ރުޅިވެރިކަމާއި، ބުލީކުރުން ފަދަ ކަންކަން ނޯންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ސްކޫލްތައް ފިނި ކުރުމަށްޓަކައި ސަރުކާރުން ކުރިޔަށްގެންދާ ސްކޫލް ސްކޫލް ޕްރޮޖެކްޓް އިފްތިތާހު ކުރުމަށް، މިއަދު ހެދުނު މާފުށީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ހިތް އުފާވާނެ ޖުމްލަ ގޮތެއްގައި ބުނާނަމަ. ބުލީއެއް ނުކުރާނެ، ރުޅިވެރިކަމެއް މި ފަދަ މާހައުލެއްގައި ނުއެއް އޮންނާނެ" މިނިސްޓަރު ވިދާޅުވިއެވެ.

https://www.sun.mv/192726

މިނިސްޓަރު ވިދާޅުވީ ސްކޫލްތަކުގެ މެނޭޖްމަންޓާއި ބެލެނިވެރިން ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާއަކަށްވާންވާނީ، ސްކޫލް ދަރިވަރުންގެ މުޅި ދިރިއުޅުން އުޖާލާކުރަނިވި ފިލާވަޅުތަކެއް ލިބޭ ތަނަކަށް ސްކޫލްތައް ހެދުން ކަމަށެވެ. އަދި ކާމިޔާބު އިންސާނުން އުފެއްދުމަށް ލިބެންޖެހޭ ހުރިހާ ތައުލީމަކާއި ތަރުބަވީ ކަންތައްތަކެއް ފުރިހަމަވެފައިވާ ކަންތައްތަކެއް ފުރިހަމަވެފައިވާ ވެއްޓަކަށް ސްކޫލް މާހައުލު ވެގެން ދިއުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވާ ގޮތުގައި ކޫލް ސްކޫލް ޕްރޮޖެކްޓްގެ މަފްހޫމަކީ މި ކަންކަން ވެސް ހާސިލްވެގެން ދިއުމެވެ. މިނިސްޓަރު ވިދާޅުވީ އެ ސްކޫލް ބައްޓަންވެގެންދާނީ ވެސް އެ ފަދަ ގޮތަކަށް ކަމަށެވެ.

ސްކޫލް މާހައުލުގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ދަރިވަރުންގެ ސުލޫކާއި ގުޅޭ މައްސަލަތަކެވެ. މީގެ ތެރޭގައި ބުލީ ކުރުމަކީ އެންމެ ބޮޑުވެފައިވާ މި ފަދަ މައްސަލަައެވެ. ސްކޫލް މާހައުލުގައި ދިމާވާ މި ފަދަ މައްސަލަތައް ދޭތެރެދޭތެރެއިން ފެންމަތިވެ، މުޖުތަމައުގެ ސަމާލު ކަމަށް އަންނަކަން ފާހަގަކުރެއެވެ.

comment ކޮމެންޓް