MTCC
Ooredoo

ރިފޯމާ ނުލައި ޑެފިސިޓް 20 ބިލިއަނަށް އަރާނެ، އިސްލާހުތައް ގެނައުމުން 11އަށް ކުޑަކުރެވޭނެ: ފިނޭންސް

ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މާލީ އިސްލާހުތައް ނުގެނެސް ޚަރަދު ކުރަމުންދާނަމަ މިއަހަރުގެ ޑެފިސިޓަށް 14 ބިލިއަން އަރާނެ ކަމަށް ބަޖެޓުގައި އޮތް ނަމަވެސް، އެ އަދަދު 20 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ އިންޓާނަލް މޮޑިއުލްތަކުން ދައްކާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ADK GENERAl

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު ވިދާޅުވީ، ރިފޯމާ އެކު މި އަދަދު 11 ބިލިއަނަށް ކުޑަ ކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ސާއިދު ވިދާޅުވީ، ސަރުކާރު ހަވާލުވީއިރު ޚަރަދު ހުރިގޮތަށް ކުރިއަށް ދާނަމަ މިއަހަރުތެރޭ 10 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއް ލާން ފިނޭންސް މިނިސްޓްރީއަށް ޖެހޭނެ ކަމަށެވެ. އެފަދައިން ކަންކަން ދާނަމަ 60 ބިލިއަން ރުފިޔާ ބޭސްލައިންގައި ޚަރަދުވާނެ ކަމަށް މިނިސްޓްރީގެ މޮޑެލްތަކުން ފެންނަކަމަށް އޭނާ ވިދާޅުވިއެވެ.

"މާލީ ހާލަތާ ނުބައްދަލު މިންވަރަށް ޚަރަދު ކުރާކަމުގައި ވާނަމަ އެދަރަނިތައް ދެން ނަގަން މި ޖެހެނީ މާކެޓުން ނޫންކަމުގައި ވާނަމަ ދޭދޭ ގައުމުތަކުން. ނަގާއިރުގައި ބައިވަރު އެރޭންޖްމަންޓްތައް ވެސް އެބަ އާދޭ،" އެގޮތަށް ދަރަނި ނެގުމުން ރައްޔިތުންނަށް އޭގެ އުނދަގުލާއި މާލީ ބުރަ ޖެހޭކަމަށް ސާއިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއީ ފިނޭންސް މިނިސްޓްރީގެ ނިޔަތަކަށް ވެގެން ނުވާނެ ކަމަށެވެ. އެހެންކަމުން މި ސަރުކާރުން ރިފޯމް އެޖެންޑާ އެކުލަވާލި އިރު، ދައުލަތުގެ އެހީއަށް އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް އިސްކަން ދީފައި ވާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އެގޮތުން މިހާރު އެކުލަވާލާފައިވާ ފިސްކަލް ރިފޯމް އެޖެންޑާއަކީ ތިން ބަޔަކަށް ބެހިފައިވާ އެޖެންޑާއެއް ކަމަށް ސާއިދު ވިދާޅުވިއެވެ. އެއީ، ޚަރަދު ކުޑަކުރުމާއި، އާމްދަނީ އިތުރުކުރުމާއި ގާނޫނީ ރިފޯމްތަކެވެ.

"ނަމަވެސް މިކަންކަން ކުރެވިގެން ދާނީ ރައްޔިތުންނާ މުއާމަލާތު ކުރެވި މައުލޫމާތު ދީގެން ސަބްސިޑީ ނިޒާމާއި އާސަންދަ ނިޒާމަށް ގެންނާނެ ބަދަލުތައް ރައްޔިތުންގެ މެދުގައި މަޝްވަރާ ކުރެވި ރަނގަޅަށް އިމްޕްލިމެންޓު ކުރެވިގެން،" ސާއިދު ވިދާޅުވިއެވެ.

މިހާރުގެ ހާތަލަށް ބަލާއިރު އެންމެ ބޮޑު ކުރިއެރުންތަކުގެ ތެރޭގައި އަހަރުން އަހަރަށް ބަލާނަމަ ޑެފިސިޓް ވަރަށް ބޮޑަށް ކުޑަވެފައި ވުން ހިމެނޭކަން ސާއިދު ވަނީ ފާހަގަކުރައްވާފައެވެ.

ވޯލްޑް ބޭންކްއިން މިދިޔަ މަހު ވަނީ، މިއަހަރު ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް މީގެ ކުރިން ލަފާކުރި މިންވަރު ދަށްކޮށްފައެވެ. އެގޮތުން މިއަހަރު ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް މީގެ ކުރިން ލަފާކޮށްފައި އޮތީ 5.2 ޕަސެންޓަށް ނަމަވެސް ފަހުން އެ މިންވަރު ވަނީ 4.7 ޕަސެންޓަށް ދަށްކޮށްފައެވެ.

https://sun.mv/190507

އަންނަ އަހަރު އިގުތިސާދު 5.2 ޕަސެންޓް ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފައި އޮތް ނަމަވެސް ދައުލަތުގެ ދަރަންޏާ މެދު ކަންބޮޑުވުން އޮތް ކަމަށާއި ތަރައްގީގެ ބައެއް މަޝްރޫއުތަކާއެކު ޑެފިސިޓް އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވޯލްޑް ބޭންކްއިން ވަނީ ބުނެފައެވެ.

Redstar
comment ކޮމެންޓް

comment މި ކޮމެންޓަށް ހަބަރެއް ލިތެބަލަ

11 month 2 week ago

ސަރުކާރުގެ ބޮޑެތި މުވައްސަސާތަކުގައި މިހާރުވެސް އެކި ކަންކަމަށް ހާއްސަ ޔުނިޓްތަށް ހަދާފަ، ދާއިރާތަކުގެ މުވައްޒަފުން އަދި ބަޖެޓްވެސް ހުރޭ، ނަމަވެސް ކަޓު ނަގަންވެގެން، އެތަނުން ސީދާ އެކަން ކުރެވެން އޮއްވާ، އައުޓްސޯސް ކޮށް ބޮޑެތި އަގުތަކުގައި ކަންކަން ހުއްޓުމެއް ނެތި ކުރަމުން ދޭ! މީގެ ސަބަބުން 10ރ ދާ ތަނަކަށް 30ރ އެބަހޭދަކުރޭ! މިލަންތައް ހައްލު ކޮޣެގެން ވެސް ވަރަށް ލާރި ސަލާމަތްވާނެ، ދިރާސާއެއް ހަދާލަބަލަ!

comment ސާރި

11 month 2 week ago

ރިފޯމު އެޖެންޑާގައި ހިމަނަންޖެހޭ އެންމެ ބޮޑު ރިފޯމަކީ އެންޓިކަރަޕްޝަންގެ ރިފޯމެވެ. ސަރުކާރުތަކުން ސިޔާސީ ބޭނުމަށް ރައްޓިހިންނާއި ޕާޓީމީހުންނަށާއި ވެރިންނަށް އަދި ރައްޓިހި ކުންފުނިތަކަށް ކޮންޓުރެކްޓުތަކާއި ޕުރޮޖެކްޓުތަކާއި ބޮޑެތި ބަދަލު ތަކާއި އަދި ބޮޑެތި ސިޔާސީ މަގާމުތަކާއި ވަޒީފާތަކާއި ނުބައްދަލުު މުސާރަތަކާއި އިނާޔަތްތަށް ދިނުން ނުހުއްޓުވޭނަމަ ތިއީ ބޭކާރު ރިފޯތަކެކެވެ. އަދި ތިކަމުން ނިކަމެތި ރައްޔިތުން އިތުރަށް ހަލާކުވެ ސިޔާސީ ވެރިންނާއި އެމީހުންގެ ރައްޓިހިންނާއި އާއިލާއަދި ގާތްތިމާގެ މީހުންނަށް ނޫނީ ފައިދާއެއް ނެތެވެ. ގައުމު ދާނީ ހަމަ ދަރަނީގެ ކަނޑަށް ފެތެމުންނެވެ. ފެތެމުންގޮސް ކަނޑުގެ އެންމެ އަޑިއަށް ފެތެންދެނެވެ. ގައުމަށް ހެޔޮ އެދިގެން އުޅޭއެކަކުވެސް ނެތެވެ.

comment ސަމާހު

11 month 2 week ago

އަދި ދަރަނި ގަނޑެއް ނަގާލާފަ ހުޅުމާލެވަރު ތަނެއް ހިއްކާލާފަ އެތަނަށް ރޭލު ބުރިޖެއް އަޅާލާ. އޭރުން މާލީ ހާލަތު ދާނީ އަރަނިވަމުން.