ބަނޑޭރިކޮށީގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ ޕޯސްޓްމޯޓަމް އިންޑިއާގައި ހަދަނީ

ބަނޑޭރިކޮށީގެ އެޕާޓްމެންޓެއްގައި މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ/ ހަފްސީ އަބްދުﷲ

މާލޭގައި ސިފައިންގެ އާއިލާތައް ދިރިއުޅެމުން އަންނަ ބަނޑޭރިކޮށީގެ އެޕާޓްމެންޓެއްގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ ޕޯސްޓްމޯޓަމް އިންޑިއާގައި ހަދަން ނިންމައިފިއެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ އެ މީހާގެ ހަށިގަނޑު މިއަދު އިންޑިއާއަށް ފޮނުވާފައިވާ ކަމަށެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ބަނޑޭރިކޮށީގެ އެޕާޓްމެންޓެއް މިދިޔަ ހޯމަ ދުވަހު ފުލުހުން ބަލައި ފާސްކުރީ ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.

އެ އެޕާޓްމެންޓުން މަރުވެފައި އޮއްވައި ފެނުނީ ގދ. ހޯޑެއްދޫ، ވިލިނގިލީގެ، ހައްމާދު ސައީދު (30އ) ކަމަށް މިއަދު ފުލުހުން ވަނީ ބުނެފައެވެ.

މަރުވެފައި އޮތް މީހާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް އެ އެޕާޓްމެންޓަކީ ބޭނުންކުރަމުން އައި ތަނެއް ނޫންކަން ޔަގީންކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް