އެޑްވަޓޯރިއަލް: ޔަމޯ ކެފޭއިން ހެޔޮ އަގުގައި މީރު ކެއުންތައް

ޔަމޯ ކެފޭ ---- ފޮޓޯ/ ޔަމޯ ކެފޭ

މާލޭގައި އެތައް ބައިވަރު ކެފޭ ހިންގައެވެ. ނަމަވެސް، ހެޔޮ އަގެއްގައި، ތަފާތު މީރު ކެއުންތައް ލިބޭ ކެފޭތައް ވަރަށް މަދުވާނެއެވެ. މި ލިސްޓަށް ލާން އެންމެ ރަނގަޅު އެއް ތަނަކީ ޔަމޯ ކެފޭއެވެ.

ހެންވޭރު އަބަދަށްފެހި މަގުގައި ހުންނަ ޔަމޯ ކެފޭއަކީ ނާސްތާގެ ތަފާތު ރަހަތަކުގެ އަޖުމަ ބަލައިލެވޭނެ ތަނެކެވެ. މިގޮތުން، ހެނދުނުގެ ކެއުމަށް ދިވެހިން ބޭނުންކުރާ ކެއުންތަކާއި އޯޓްސް ހިމެނޭ ކެއުންތަކުގެ އިތުރުން އެމެރިކަން އަދި އޭޝިއަން ބްރެކްފާސްޓް ލިބެން ހުންނާނެއެވެ.

އޭގެ ތެރެއިން ހައި ޕްރޮޓީން ބްރެކްފާސްޓުން 50 ގްރާމްގެ ޕްރޮޓީން ލިއްބައިދޭނެ ކަމަށް ޔަމޯ ކެފޭއިން ބުންޏެވެ. އަދި، މި ޑިޝްއިން މަސައްކަތް ކުރާ ފަރާތްތަކަށް މުޅި ދުވަހަށް ހަކަތަ ލިއްބައިދޭނެ ކަމަށް އެ ކެފޭއިން ބުނެއެވެ.

ޔަމޯ ލޯކަލް ސްޕެޝަލް ޑިޝް ---- ފޮޓޯ/ ޔަމޯ ކެފޭ

ބައެއް ބްރެކްފާސްޓްތަކުގެ އަގުތައް:

  • ޔަމޯ ލޯކަލް ސްޕެޝަލް: 65 ރުފިޔާ
  • ކުޅިމަސް (އާދައިގެ ފަސް ރޮށި ނުވަތަ އެއް ޑިސްކާއެކު): 40 ރުފިޔާ
  • މަސްހުނި (އާދައިގެ ފަސް ރޮށި ނުވަތަ އެއް ޑިސްކާއެކު): 40 ރުފިޔާ
  • ރިހާކުރު (އާދައިގެ ފަސް ރޮށި ނުވަތަ އެއް ޑިސްކާއެކު): 40 ރުފިޔާ
  • ކޯންސިލޯގް (އޭޝިއަން ބްރެކްފަސްޓް): 50 ރުފިޔާ
  • ސޮސެޖް ސިލޯގް (އޭޝިއަން ބްރެކްފަސްޓް): 45 ރުފިޔާ
  • ޔަމޯ އޯޓްސް ބްރެކްފަސްޓް: 40 ރުފިޔާ
  • އިންގްލިޝް ބްރެކްފަސްޓް: 85 ރުފިޔާ

މީގެއިތުރުން، ޔަމޯގެ ޑިޝްތަކުގެ އަގުތައް ކެފޭގެ ފޭސްބުކް ޕޭޖް އަދި އިންސްޓަގްރާމް ޕޭޖު މެދުވެރިކޮށް ބަލައިލެވޭނެއެވެ.

ޔަމޯއިން ލިބޭ އިތުރު ކެއުންތަކަށް ބަލާއިރު، ހަށިގަނޑަށް ފައިދާވާ ކަހަލަ ސެލެޑުތަކާއި ސަބްމެރިން، އެކި ރަހަތައް އެކުލެވޭ ބަތާއި ޕާސްތާ ޑިޝްތައް ހިމެނެއެވެ.

އެ ކެފޭގައި ތައްޔާރު ކުރާ ބީފްއާއި ޗިކެން ސަބްމެރިންއަށް ކަސްޓަމަރުންގެ މެދުގައި ޑިމާންޑު ބޮޑުކަން ޔަމޯއިން ފާހަގަކުރެއެވެ.

ޔަމޯ ކެފޭގެ ކްލަބް ސޭންޑްވިޗް ---- ފޮޓޯ/ ޔަމޯ ކެފޭ

ފާހަގަކޮށްލެވޭ ގޮތުގައި، ޑިޝްތަކުގައި ބޭނުން ކުރާ ސައިޑް ޑިޝްތަކުގެ އިތުރުން ސްލަޝީސް، ކޮފީ، މިލްކް ޝޭކްސް އަދި އަނގަޔަށް މީރު ޑެޒާސްޓް ވެސް ކެފޭއިން ލިބެން ހުރެއެވެ. މީގެ ތެރެއިން ވެސް ބާންޓް ޗީޒްކޭކް، ކެރަމަލް ޕުޑިން އަދި ކްރެމް ބުރޫލޭ އަކީ ފާހަގަކޮށްލެވޭ ޑެޒާސްޓްސްތަކެވެ.

ކޮންމެ ދުވަހުވެސް ހެނދުނު ހަތަކުން މެންދަމު 12 ޖެހުމާ ހަމައަށް ޔަމޯ ކެފޭ ހުޅުވާފައި ހުންނައިރު، ވައިބާ މެދުވެރިކޮށް ނުވަތަ 7482828އަށް ގުޅައިގެން ޑިޝްތަކަށް އޯޑަރުކޮށްލެވޭނެއެވެ. އަދި، މި ކެފޭއަށް ގޮސްގެން ވެސް އެތަނުގެ ކެއުންތަކުގެ އަޖުމަ ބަލައިލެވޭނެއެވެ.

އެހެންކަމުން، އެއް ތަނަކުން ތަފާތު ކެއުންތައް ކާލުމަށް ބޭނުންވާ ފަރާތްތަކަށް ޔަމޯ ކެފޭ ވަރަށް ކަމުދާނެއެވެ.

comment ކޮމެންޓް