ރަޝިއާގެ ހަތަރު ނޫހެއް ބްރޯޑްކާސްޓް ކުރުން ވިލާތުގެ އިއްތިހާދުން މަނާކޮށްފި

އީޔޫ --

ރަޝިއާ ޔޫކްރެއިން ހަނގުރާމައާގުޅޭ ޕްރޮޕެންގެންޑާ ފަތުރާ ކަމަށް ބުނެ ރަޝިއާގެ ހަތަރު ނޫހެއް ވިލާތުގެ އިއްތިހާދު (އީޔޫ) ގެ ގައުމުތަކުގައި ބްރޯޑްކާސްޓު ކުރުން މަނާކޮށްފިއެވެ.

އެ ނޫސްތަކަކީ ވޮއިސް އޮފް ޔޫރަޕް، އާރުއައިއޭ ނޮވޮސްޓީ، އިޒްވެސްޓިއާ އަދި ރޮސިސްކާޔާ ގެޒެޓާއެވެ. އީޔޫއިން ބުނާ ގޮތުގައި އެ ހުރިހާ ނޫހަކީ ވެސް ވެސް ކްރެމްލިންއިން ކޮންޓްރޯލުކުރާ ނޫސްތަކެކެވެ. އެ ނޫސްތަކުން ބޮޑަށް އަމާޒުކުރަނީ ޔޫރަޕްގެ ސިޔާސީ ޕާޓީތަކަށް ކަމަށްވެސް އިޔޫއިން ބުނެއެވެ.

ޖޫން މަހު ޔޫރަޕްގެ އިންތިހާބުގައި ރަޝިޔާގެ ތަދައްޚުލުވި ކަމަށް ޝައްކު ކުރެވޭ މައްސަލަ ބެލުމަށް ބެލްޖިއަމް އިން ވަނީ މިދިޔަ މަހު ވެސް ތަހުގީގެއް ހުޅުވައިލައިފައެވެ.

ޗެކް ރިބަޕްލިކްގެ ސަރުކާރުން ވަނީ ވިލާތުގެ ޕާލިމެންޓް މެމްރުންނަށް ރިޝްވަތު ހުށަހަޅައިގެން ރަޝިއާގެ ޕްރޮޕެގެންޑާ ފެތުރުމަށް މަސައްކަތްކުރި ކަމަށް ތުހުމަތުކޮށް ގިނަ ބަޔަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައި ކަމަށްވެސް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

2022 ވަނަ އަހަރު ރަޝިއާ ޔޫކްރެއިން ހަނގުރާމަ ފެށިފަހުން އިޔޫއިން ވަނީ ރަޝިއާގެ އިތުރު ނޫސްތަކެއް ބްރޯޑްކާސްޓުކުރުންވެސް މަނާކޮށްފައެވެ.

comment ކޮމެންޓް