ޖަޕާނުގެ ސްކޯލާޝިޕްތަކަށް ކުރިމަތިލާން ހުޅުވާލައިފި

ޖަޕާން: އެ ގައުމުގެ ސްކޯލާޝިޕްތަކަށް ކުރިމަތިލާން ވަނީ ހުޅުވާލާފައި -- ފޮޓޯ/ ސްޓޭޓް ޑިޕާޓްމަންޓު

ޖަޕާނު ސަރުކާރުން ދޭ ސްކޯލާޝިޕްތަކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.

މިއީ ޖަޕާނު ސަރުކާރުގެ ޚަރަދުގައި އެ ގައުމުގައި ހުރެގެން ކިޔެވޭ ސްކޯލާޝިޕްތަކެކެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވަނީ ޖަޕާން ސަރުކާރުގެ ސްކޯލާޝިޕްތަކުގެ ދަށުން ރިސާޗު ކިޔަވާ ދަރިވަރުންނާއި ސްޕެޝަލައިޒްޑް ޓްރެއިނިން ދަރިވަރުން އަދި ޓެކްނޮލޮޖީގެ ދާއިރާއިން ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންނަށް ޚާއްސަ ކޯސްތަކަށް ހުޅުވާލައިފައެވެ.

މިގޮތުން ރިސާޗު ކިޔަވާ ދަރިވަރުންގެ ފޯމް ހުށަހެޅުމުގެ މުއްދަތު މި މަހުގެ 27 ވަނަ ދުވަހަށް ހަމަވާއިރު، ސްޕެޝަލައިޒްޑް ޓްރެއިނިން ދަރިވަރުން އަދި ޓެކްނޮލޮޖީގެ ދާއިރައިން ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ ތިންވަނަ ދުވަހުއެވެ.

ޖަޕާނުގެ ސްކޮލަޝިޕާ ގުޅޭ އިތުރު މައުލޫމާތު ހަޔާ އެޑިއުކޭޝަން މިނިސްޓަރީގެ ރަސްމީ ވެބްސައިޓުންނާއި އެ މިނިސްޓަރީގެ ހޮޓްލައިން ނަންބަރާ ގުޅުމުން ލިބޭނެ ކަމަށް އެ މިނިސްޓަރީން މައުލޫމާތު ދިނެވެ.

comment ކޮމެންޓް