އެޑްވަޓޯރިއަލް: ކެޓެރެކްޓް ސާޖަރީ ހަދަން ޖެހިއްޖެކަން ދެނެގަންނާނީ ކިހިނެއް؟

އައިކެއަރ ހޮސްޕިޓަލްގައި މަސައްކަތްކުރައްވާ ޑރ. އަރުޖުން މައްލާ ބާރީ --

ކެޓެރެކްޓަކީ އެތައް މިލިއަން މީހުންނަށް ޖެހި، އާންމު ދިރިއުޅުމުގެ ފެންވަރަށް ނޭދެވޭ އަސަރު ކުރުވާ މައްސަލައެކެވެ. ކެޓެރެކްޓް ސާޖަރީ ހެދުމުން މި މައްސަލަ ހައްލުކުރުމަށް އެހީތެރިވެދޭއިރު، ސާޖަރީ ހަދަން ޖެހޭ ވަގުތު އައިސް ޖެހިއްޖެކަން ދެނެގަންނަން އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ.

ސާޖަރީއެއް ހަދަން ޖެހިއްޖެކަން އަމިއްލައަށް ދެނެގަނެވުމަކީ ކޮންމެ މީހަކަށް ވެސް އެމީހެއްގެ ފެނުމުގެ ހިއްސުގެ ދުޅަހެޔޮކަމާ ގުޅޭ ގޮތުން އެންމެ ރަނގަޅު ނިންމުންތައް ނިންމުމަށް އެހީތެރިވެދޭނެ ކަމެކެވެ.

"ލޮލުގެ ޚާއްސަ ޑޮކްޓަރެއްގެ ހައިސިއްޔަތުން، މިފަދަ ނިންމުންތައް ނިންމަން އަޅުގަނޑު އެހީތެރިވެދެން. ލޮލުގެ ދުޅަހެޔޮކަމާއި ދިރިއުޅުމުގެ ފެންވަރު ދެމެހެއްޓުމަށްޓަކައި ކެޓެރެކްޓް ސާޖަރީ ހަދަން ޖެހިއްޖެ ކަމުގެ އަލާމާތްތައް ދެނެގަތުމަކީ މުހިންމު ކަމެއް،" އައިކެއަރ ހޮސްޕިޓަލްގައި މަސައްކަތްކުރައްވާ ޑރ. އަރުޖުން މައްލާ ބާރީ ވިދާޅުވިއެވެ.

ކެޓެރެކްޓް ސާޖަރީ ހަދަން ޖެހިއްޖެކަން އަންގައިދޭ އަލާމާތްތައް:

1. ފެންނަ މިންވަރު ދަށްވުން: އައިނުގެ ނަމްބަރު ބަދަލުކުރި ނަމަވެސް ލޮލުގެ ފެނުން ރަނގަޅު ނުވުން.

2. އާންމު ދިރިއުޅުމުގައި ކުރަން ޖެހޭ ކަންތައްތައް ކުރަން އުނދަގޫވުން: ލޮލަށް ފެންނަ މިންވަރު ކުޑަވުމުން ލިޔެފައި ހުންނަ އެއްޗެއް ކިޔުމާއި އުޅަނދެއް ދުއްވުން ފަދަ ކަންކަމަށް ހުރަސްއެޅުން.

3. ލޮލަށް ދަޅަ އެޅުމުން އުނދަގޫވާ މިންވަރު އިތުރުވުން: ދަޅައެޅުމުން ލޮލަށް އުނދަގުވާ މިންވަރު އިތުރުވެ، ވަކިން ޚާއްޞަކޮށް ރޭގަނޑު އެކަން ފާހަގަވުން.

4. ކުލަތައް ފެންނަ ގޮތަށް ބަދަލުއައުން: ޑރ. އަރުޖުން ވިދާޅުވި ގޮތުގައި ކެޓެރެކްޓްގެ މައްސަލަ ބޮޑުވާ ވަރަކަށް ކުލަތައް ފެންނަ ގޮތް ބަދަލުވެދާނެއެވެ. އެގޮތުން ތަންތަނަށް ބަލާއިރު ރީނދޫ ނުވަތަ މުށި ކުލައެއް އަރާފައި ހުންނަނަމަ ޑޮކްޓަރުގެ ލަފާ ހޯދުމަށް ޑރ. އަރުޖުން އިރުޝާދުދެއްވައެވެ.

5. ގިނަގިނައިން އައިނު ބަދަލުކުރަން ޖެހުން: ކެޓެރެކްޓާ ގުޅުން ހުރި މައްސަލަތަކުގެ ސަބަބުން އާންމު މިންވަރަށް ވުރެ އިތުރަށް އައިނު ބަދަލުކުރަން ޖެހުން.

އައިކެއަރ ހޮސްޕިޓަލް -- މި އަލާމާތްތަކަކީ ކެޓެރެކްޓް ސާޖަރީ ހަދަން ޖެހިފައިވާ ކަމަށް ދޭހަކޮށްދޭ އަލާމާތްތައް ނަމަވެސް، އެކަމާ ގުޅޭ ގޮތުން ގޮތް ނިންމުމުގެ ކުރިން ލޮލުގެ ޚާއްސަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމުކަން ޑރ. އަރުޖުން ފާހަގަކުރައްވައެވެ.

"ކެޓެރެކްޓް އުފެދިފައިވާ މިންވަރާއި އޭގެ ސަބަބުން އާންމު ދިރިއުޅުމަށް ކުރާ އަސަރު އަޅުގަނޑުމެންގެ އޮފްތެމޮލޮޖިސްޓުންގެ ޓީމަށް ބެލޭނެ. ކޮންމެ މީހެއްގެ ހާލަތަށް ބެލުމަށް ފަހު އެ މީހަކަށް އެންމެ އެކަށޭނެ ލަފައެއް އަޅުގަނޑުމެން ދެނީ،" އޭނާ ވިދާޅުވިއެވެ.

ޑރ. އަރުޖުން ސިފަކުރެއްވި ގޮތުގައި އައިކެއަރއިން ފޯރުކޮށްދޭ ކެޓެރެކްޓް ސާޖަރީއަކީ މާ ބޮޑު އޮޕަރޭޝަނަކަށް ނުހަދައި ކުރިއަށްގެންދެވޭ 'މިނިމަލީ އިންވޭސިވް' ސާޖަރީއެއްގެ އިތުރުން، ކާމިޔާބީގެ ފުރުސަތު ބޮޑު އަދި އާންމު ދިރިއުޅުމަށް އަވަހަށް ރުޖޫއަވެވޭނެ ގޮތަށް ހަދާ ސާޖަރީއެކެވެ.

"މަތީގައި ބަޔާންކޮށްފައިވާ އެއްވެސް އަލާމާތެއް ތަޖުރިބާކުރެވިއްޖެ ނަމަ، ލަސްނުކޮށް އައިކެއަރގެ ޑޮކްޓަރަކަށް ދެއްކުމަށް އިލްތިމާސްކުރަން،" ޑރ. އަރުޖުން ވިދާޅުވިއެވެ.

އައިކެއަރގެ ނަމްބަރު 3321026އަށް ގުޅައިގެން އެޕޮއިންޓްމެންޓް ހެއްދޭނެއެވެ.

comment ކޮމެންޓް