އިންތިޚާބަކާ ނުލައި ފުނަދޫ ކައުންސިލުގެ ގޮނޑި ޕީއެންސީން ހޯދައިފި

ވޯޓު ފޮށިތަކުގެ ވޯޓު ލުން ބަންދުކޮށްފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

އިންތިޚާބަކާ ނުލައި ފުނަދޫ ކައުންސިލުގެ އަންހެން މެމްބަރުކަމުގެ ގޮނޑި ޕީއެންސީއަށް ލިބިއްޖެއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނެރުނު އިއުލާނެއްގައި ބުނީ ކައުންސިލުގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލި މުއްދަތު ހަމަވިއިރު އެ މަޤާމަށް ކުރިމަތިލައިފައިވަނީ އެންމެ ކެންޑިޑޭޓެއް ކަމަށެވެ.

އެއީ އައިމިނަތު ޔުމްނާ (މާބަގީޗާގެ / ށ. ފުނަދޫ) އެވެ.

އެންމެ މީހަކު އެ މަޤާމަށް ކުރިމަތިލައިފައިވުމުން އިލެކްޝަންސް ކޮމިޝަނުން އެ މަޤާމަށް މީހަކު އައްޔަނު ކުރަން ބައި އިލެކްޝަނެއް ނުބާއްވައެވެ

އީސީން ބުނީ ލޯކަލް ކައުންސިލު ތަކުގެ އިންތިޚާބުގެ ޤާނޫނުގެ ދަށުން ޔުމްނާ މިހާރު މަޤާމަށް އައްޔަނު ވެފައިވާ ކަމަށެވެ. ފުނަދޫ ކައުންސިލުން ހުސްވެފައިވާ އަންހެން ގޮނޑި ހުސްވީ ކުރިން އެ މަޤާމުގައި ހުންނެވި ކައުންސިލަރު އިސްތިއުފާ ދެއްވުމުންނެވެ.

މި ފަހުން ކައުންސިލު މެންބަރުން މަޤާމުން އިސްތިއުފާ ދެއްވާތީ ގިނަ ރަށް ތަކެއްގައި އީސީން އެ މަޤާމުތަކަށް މެންބަރުން އައްޔަނު ކުރުމަށް ވަނީ ގިނަ ބައި އިލެކްޝަންތަކެއް ބާއްވައިފައެވެ.

comment ކޮމެންޓް