އޭޝިޔާ-ޕެސިފިކް ބްލޫ އިކޮނޮމީ ފޯރަމް ރާއްޖޭގައި ބާއްވަނީ

ދުބާއީގައި ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމްގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

އޭޝިޔާ-ޕެސިފިކް އިކޮނޮމީ ބްލޫ ފޯރަމް ރާއްޖޭގައި ބާއްވަން ނިންމައިފިއެވެ.

މި ކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ފޯރަމް ރާއްޖޭގައި ބާއްވަން ލިބުމުން އެ ކަމާ ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.

އަދި، ކްލައިމެޓް ފައިނޭންސް ނެޓްވޯކް (ސީއެފްއެން)ގެ ގައުމުތަކުން ބައިވެރިވާ، މަތީ ފަންތީގެ ބޭފުޅުންނަށް މިނިސްޓަރު މަރުހަބާ ވިދާޅުވެ، މިނިސްޓަރު ވިދާޅުވީ އެ ފޯރަމްގައި މުހިންމު ނިންމުންތަކެއް ނިންމާނެ ކަމަށެވެ.

އޭޝިޔާ-ޕެސިފިކް އިކޮނޮމީ ބްލޫ ފޯރަމް ރާއްޖޭގައި ބާއްވަނީ އިކޮނޮމިކް މިނިސްޓްރީއާއި ޔޫއެންޑީޕީގެ ކްލައިމެޓް ފައިނޭންސް ނެޓްވޯކުގެ އިތުރުން އިނގިރޭސިވިލާތުގެ ފޮރިން ކޮމަންވެލްތު އެންޑް ޑިވަލޮޕްމެންޓް އޮފީސް ގުޅިގެންނެވެ.

ބްލޫ އިކޮނޮމީއަކީ ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކޮށްގެން ވަޒީފާ އުފެއްދުމާއި، ދިރިއުޅުން ރަނގަޅުކުރުމާއި، ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް އިގުތިސާދީ ކުރިއެރުމަށް އެހީތެރިވުމެވެ.

މި ފޯރަމްގައި ސީއެފްއެންގައި ބައިވެރިވާ ގައުމުތަކުން ބައިވެރިވެ، ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނެއެވެ.

comment ކޮމެންޓް