ބޯޓަކުން ދިހަ ގޭސްފުޅި ވަގަށް ނެގުމާއެކު، މިއަދު ވައްކަމުގެ ތިން މައްސަލައެއް

ބޯޓަކުން ދިހަ ގޭސްފުޅި ވަގަށް ނެގުން ހިމެނޭ ގޮތަށް، މިއަދު ވައްކަމުގެ ތިން މައްސަލައެއް މާލެއިން ފުލުހުންނަށް ހުށަހަޅާފައިވޭ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ބޯޓަކުން 10 ގޭސްފުޅި ވަގަށް ނެގި މައްސަލައަކާއި ވައްކަމުގެ އިތުރު ދެ މައްސަލައެއް މިއަދު މާލެއިން ފެންމަތިވެއްޖެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، މިއަދު ނޯތު ހާބަރުގައި އޮތް ބޯޓަކުން 10 ގޭސްފުޅި ވަގަށް ނަގާފައިވާ މައްސަލައެއް ހެނދުނު 8:46ކަށް ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ހެންވޭރު، އަބަދަށްފެހި މަގުގައި ހުރި 'ނިއު ލައިން' ފިހާރައިން ވައްކަން ކޮށްފައިވާ މައްސަލައެއް މިއަދު ހެނދުނު 7:54ކަށް ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވެއެވެ. އަދި ހަމަ އެ މަގުގައި ހުރި ބޭސް ފިހާރައަކުން ވައްކަން ކޮށްފައިވާ މައްސަލައެއް ވެސް މިއަދު ހެނދުނު 8:30ކަށް ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެހެންނަމަވެސް މި ތިން މައްސަލައާ ގުޅިގެން ވެސް އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލަތައް މިހާރު ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ވައްކަމާއި ފޭރުމުގެ މައްސަލަތައް މާލެ ސަރަހައްދުގައި އަންނަނީ އިތުރުވަމުންނެވެ.

comment ކޮމެންޓް