މި އަހަރުގެ ބޮޑު އީދު އެސްއެސްޓީވީއާ އެކު ފާހަގަ ކުރަން ހުޅުވައިލައިފި

މިިދިޔަ އަހަރުގެ ބޮޑު އީދު ފާހަގަ ކުރުމުގެ ތެރެއިން--

އެސްއެސްޓީވީއާ ގުޅިގެން 1445 ވަނަ އަހަރުގެ ބޮޑު އީދު ފާހަގަ ކުރަން ހުޅުވައިލައިފިއެވެ.

އެސްއެސްޓީވީއިން ބުނީ އެސްއެސްޓީވީއާ ގުޅިގެން މި އަހަރުގެ ބޮޑު އީދު ފާހަގަ ކުރަަން ރިކުއެސްޓު ފޮނުވަން މިހާރު ހުޅުވައިލައިފައިވާ ކަމަށެވެ. އެގޮތުން ޝައުގުވެރިވާ ފަރާތްތަކުން [email protected] އަށް މެއިލް ކުރުމަށް އެ ޓީވީއިން އެދެއެވެ.

އެސްއެސްޓީވީއާ ގުޅުމުން އީދު ފާހަގަ ކުރުމަށް ރަށުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ހުރިހާ ކުޅިވަރުތަކެއް ވަގުތުން އެސްއެސްޓީވީ މެދުވެރިކޮށް ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެ ކަމަށް އެ ޓީވީއިން ބުނެއެވެ.

ފީއަލީ އީދު އުފާގެ ތެރެއިން، ދަފި ނެގުން: މި ހަރަކާތުގައި އަންހެނުން އަދި ފިރިހެނުންގެ ދަފި ނެގުން ކުރިއަށް ގެންދިޔަ --- ސަން ފޮޓޯ

އަދި މި އިވެންޓުތަކުގެ ރެކޯޑިން ހަދައިދިނުމުގެ އިތުރުން އިވެންޓުތައް ރޭވުމުގައި ދެ ފަރާތުން މަޝްވަރާ ކޮށްގެން ކުޅިވަރުތައް ރާވަން އެސްއެސްޓީވީގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން އެ ޓީވީއިން ދެއެވެ.

އަދި އީދުގެ ފުލް ރެކޯޑިން، އީދު ނިންމާލުމަށްފަހު އެ ރަށަކާ ހަވާލު ކުރާނެ ކަމަށްވެސް އެ ޓީވީއިން ބުނެއެވެ.

މިދިޔަ އަހަރުގެ ބޮޑު އީދުގައިވެސް ދެރަށެއްގެ ތަފާތު ކުޅިވަރުތަކާއި އީދާއި ގުޅިގެން ހިންގި ހުރިހާ ހަރަކާތްތަކެއް އެސްއެސްޓީވީއިން ވަނީ ބެލުންތެރިންނާ ހަމައަށް ވަގުތުން ގެނެސްދީފައެވެ. އެއީ ބ. އަތޮޅު ދަރަވަންދޫއާއި ރ މީދޫ އެވެ.

މިއަހަރުގެ ބޮޑު އީދަކީ ޖޫން މަހުގެ 17 ވަނަ ދުވަހެވެ.

comment ކޮމެންޓް