ރައީސްގެ ދެކަނބަލުން އީދު ތަހުނިޔާ ކިޔަން ވަޑައިގެންނެވި ބޭފުޅުންނާ ބައްދަލުކުރައްވައިފި

ފިތުރު ޢީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދެކަނބަލުންގެ އަރިއަހަށް ތަހުނިޔާ ކިޔަން ދިޔަ އާންމުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައްދަލުކުރައްވައި، ޢީދު ސަލާން ކުރައްވައިފިއެވެ.

މިގޮތުން ޢީދު ސަލާން ކުރެއްވުން އޮތީ މިއަދު ހެނދުނު 9:30 އިން 10:30 އަށް މުލިއާގޭގައެވެ.

ޢީދު ސަލާން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ވަޒީރުންނާއި އެފެންވަރުގެ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސްޓޭޓް މިނިސްޓަރުން ހިމެނިވަޑައިގަންނަވައެވެ.

އަދި ރާއްޖޭގައި ތިއްބެވި ބޭރު ދައުލަތްތަކުގެ ޢިއްޒަތްތެރިންނާއި ސަރުކާރު އޮފީސްތަކުގެ ވެރިންނާއި ރާއްޖޭގެ އެކި ދާއިރާތަކުގެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާ ސަލާން ކުރައްވައި ޢީދު ތަހުނިޔާ ކިޔުއްވަން މުލިއާގެއަށް ވަޑައިގެންނެވިއެވެ.

މި ބޭފުޅުންގެ އިތުރުން، ގިނަ ޢަދަދެއްގެ އާންމު ރައްޔިތުންނާއި އާއިލާތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާ ޢީދު ސަލާން ކުރެއްވިއެވެ.

comment ކޮމެންޓް