Ooredoo
Dhiraagu

ޔާމީނުގެ ރިޔާސަތުގައި ޕީއެންއެފްގެ ފުރަތަމަ ސެނެޓް ބާއްވައިފި

ރައީސް ޔާމީނުގެ ރިޔާސަތުގައި ރޭ ބޭއްވި ޕީއެންއެފްގެ ފުރަތަމަ ސެނޭޓް-- ފޮޓޯ: ޕީއެންއެފް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ ރިޔާސަތުގައި ޕީއެންއެފްގެ ފުރަތަމަ ސެނޭޓް ރޭ ބާއްވައިފިއެވެ.

ADK GENERAl

ޕީއެންއެފްގެ ތާރީޚީ ފުރަތަމަ ސެނޭޓް ބައްދަލުވުން ރޭ ބާއްވާފައިވަނީ އެ ޕާޓީގެ އޮފީހުގައެވެ.

ރޭ ބޭއްވި އެ ބައްދަލުވުމުގައި ޕާޓީގެ އަސާސީ ޤަވާއިދުގައިވާ ހަތަރު ކޮމިޓީ އަކަށް މެންބަރުން ވަނީ އިންތިޚާބު ކޮށްފައެވެ.

އޭގެތެރޭގައި ހިމެނެނީ ސުލޫކީ, އިސްތިއުނާފު, އީސީ އަދި މެމްބާރ އެފްއާޒް ކޮމިޓީއެވެ.

އިލެކްޝަންސް ކޮމިޝަނުން، ޔާމީން އިސްވެ އުފެއްދެވި ޕާޓީ ޕީއެންއެފް ރަޖިސްޓްރީ ކޮށްދީފައިވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ. އަދި ޕީއެންއެފް އުފައްދަން ޖަލްސާ ބޭއްވީ މި މަހުގެ 10ވަނަ ދުވަހެވެ.

ޕީޕީއެމް/ޕީއެންސީ ވެރިކަމަށް އައިތާ ހަފުތާއެއް ނުވަނީސް ޔާމީން ވަނީ އެ ކޯލިޝަންގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައިފައެވެ. އެއަށްފަހު، އަމިއްލަފުޅު ޕާޓީއެއް އުފައްދަވަން ހުށަހެޅުއްވުމަށް އެ މަސައްކަތްކުރަން އީސީން ހުއްދަ ދިނީ މިދިޔަ ނޮވެމްބަރު މަހުގެ 29 ގައެވެ.

މިހާރު އާރަށު މައްސަލައިގެ ޖަލު ހުކުމުން ޔާމީން މިނިވަންވެވަޑައިގެންފައިވާއިރު، ދެން އެ މަނިކުފާނަށް ސިޔާސީ ކަންކަމުގައި އުޅުއްވުމަށް ހުރަހެއް ވެސް ނޯންނާނެއެވެ.

Redstar
comment ކޮމެންޓް

comment ލޮލްލޮް

11 month 19 hour ago

ފޮޓޯގަނޑު ޖަހައިގެންވެސް އެންމެ ބައި ގޮނޑިވެސް ނުލިބުނު. މުޢީޒު ހޮވުނީ ފޮޓޯގަނޑަށްް ބަލާފަ ނޫންކަން އަދިވެސް ޤަބޫލުނުކުރާނެ. އެހާ ބޮޑާ ބައެއްތީ. ލޮލް

comment އޭނާ

11 month 19 hour ago

ކިހާދުވަހެއްވަންދެން ތިޕާޓީދެމިއޮންނާނެބާ. ކުރިންވެސްޔާމީންޕާޓީއެއްހެދި ދިޔައީޗޮކުން. މިފަހަރުއެކަމަކު ބޮނޑިބަތްތެލީގެބަރަކާތުން ތިފެއްޓެވީ ވަރައްތަތްގަދަވާނެ.

comment އިބްރާހީމް

11 month 20 hour ago

ތިޔަ ޕާޓީއަކަށް މިގައުމުގައި ތާއީދެއް ނެތް. ސަލާމް

comment މޫސަ

11 month 20 hour ago

ދެން މަ ހީހީ ލެވިއްޖެ

comment ސލހ

11 month 22 hour ago

ކޮންތާކު ތަ ބޭއްވީ އަނެއްކާ؟ ތި ބޭއްވި އެތި ނަގަން ދާން ވެއްޖެ އަވަހަށް.

comment ޕީއެން

11 month 22 hour ago

ރައްޔުތުންވަނީ ޕީއެންއެފްގެ ސައިޒު ދައްކާލާފައި