އަނބިކަނބަލުންނަށް ރިޝްވަތުގެ ތުހުމަތު ކުރެވުމުން، ސްޕެއިންގެ ބޮޑު ވަޒީރު މަސްއޫލިއްޔަތުތަކާ ދުރަށް

ސްޕެިއންގެ ބޮޑު ވަޒީރު، ޕެޑްރޯ ސަންޗޭޒްއާއި އަނބިކަނބަލުން ބެގޯނާ ގޯމޭޒް -- ފޮޓޯ/އަލް ޖަޒީރާ

އަނބިކަނބަލުންގެ މައްޗަށް އުފުލާފައިވާ ރިޝްވަތުގެ ތުހުމަތުތަކުގެ ޝަރުއީ ތަހުގީގެއް ފެށުމުން، ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް އެ ބޭފުޅާގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ދުރަށް ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެއްޖެއެވެ.

ސަންޗޭޒް ވިދާޅުވި ގޮތުގައި އަނބިކަނބަލުން ބެގޯނާ ގޯމޭޒްގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއް ނަމަވެސް ހޯމަ ދުވަހުގެ ނިޔަލަށް މަގާމުގެ މަސްއޫލިއްޔަތުތަކާ ދުރަށް ޖެހިވަޑައިގަންނަވާނެއެވެ. އަދި، އޭނާގެ ސިޔާސީ މުސްތަގުބަލާމެދު ނިންމާ ގޮތެއް އިއުލާނުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އުމުރުން 49 އަހަރުގެ ގޯމޭޒަކީ ސިޔާސީ ގޮތުން ލޯ ޕްރޮފައިލެއް ގެންގުޅުއްވާ ބޭކަނބަލެކެވެ.

ނަމަވެސް މަނޯސް ލިމްޕިއަސް ކިޔާ ގާނޫނީ މައްސަލަތައް ހައްލުކޮށްދޭ އޮފީހެއް ގާއިމުކުރައްވައި، ވިޔަފާރީ އެއްބަސްވުންތައް ނުފޫޒުފޯރުވާ ކަމަށް އޭނާގެ މައްޗަށް ވަނީ ތުހުމަތުކޮށްފައެވެ.

ގޯމޭޒްގެ މައްޗަށްކުރާ ކޮރަޕްޝަންގެ މައްސަލަ ބަލަނީ މެޑްރިޑްގައި ހުންނަ ކޯޓަކުންނެވެ. ނަމަވެސް އެކަމާބެހޭ މާ ބޮޑު ތަފުސީލެއް ހާމަކޮށްފައެއްނުވެއެވެ.

comment ކޮމެންޓް