ޓްރީޓޮޕްގެ ހިތާނީ ކޭމްޕުގައި ބައިވެރިވާން ހުޅުވާލައިފި

ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓްރީޓޮޕް ހޮސްޕިޓަލުގެ މި އަހަރުގެ ހިތާނީ ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތު އެ ހޮސްޕިޓަލުން މިއަދު ހުޅުވާލައިފިއެވެ.

އެ ހޮސްޕިޓަލުން ބުނީ މި ކޭމްޕުގައި ބައިވެރިވުމުގެ މުއްދަތު ދެމިގެންދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މި ކޭމްޕުގައި ބައިވެރިވާ ޑޮކްޓަރުންގެ ތެރޭގައި ހިމެނެނީ:

  • ޑރ. ހުސެއިން ހަދިޔެވް،
  • ޑރ. އުކްތަމް އަބްދުއްލާ
  • ޑރ. މަޢުމޫން އާސިމް
  • ޑރ. އިބްރާހިމް މުޢުމިން
  • ޑރ. މުހައްމަދު ޝަރީފް
  • ޑރ. އަބްދުﷲ އުބައިދު
  • ކުޑަކަމުދާ ނިޒާމުގެ ޙާއްސަ ޑޮކްޓަރު، ޑރ. މެހްމެތު އޮޑާ

"ކުރީގެ ޙިތާނީ ކޭމްޕްތަކަށް ލިބުނު ފަދަ ބޮޑު ތަރުހީބެއް މި ފަހަރު ވެސް ލިބޭނެކަމަށް އަޅުގަނޑުމެން އުއްމީދުކުރަން. މި ކޭމްޕް ކުރިއަށްގެންދާއިރު ކުދިންނަށާއި މައިންބަފައިނަށް ހިތްހަމަޖެހޭ މާޙައުލެއް އޮތުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އަމާޒެއް. މިގޮތުން އެހެން އަހަރުތަކެކޭ އެއްފަދައިން މި ޙިތާނީ ކޭމްޕަށް ޙާއްސަ ޑޮކްޓަރުންގެ ޓީމެއް ވެސް މިވަނީ އެކުލަވާލާފައި،" އެ ހޮސްޕިޓަލުގެ ސީއީއޯ އާދިލް މުސާ ވިދާޅުވިއެވެ.

އެ ހޮޮސްޕިޓަލުން ބުނީ ޙިތާނީ ޕެކޭޖުގެ އަގަކީ 5000 ރުފިޔާ ކަމަށެވެ. އަދި، ކޮޓަރި އަޕްގްރޭޑް ކުރުމަށާއި ޕްރައިވެޓް ކޮޓަރިތަކަށް ޙާއްސަ އަގުތަކެއް ހަމަޖެހިފައިވާކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

comment ކޮމެންޓް