ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް، އެޗްޑީސީން އައިއޭސީއަށް އެއް މިލިއަން ރުފިޔާ

އެޗްޑީސީ އޮފީސް: އެޗްޑީސީން ވަނީ ގާޒާ އަށް އެއް މިލިއަން ރުފިޔާ ހަދިޔާ ކޮށްފައި --- ފޮޓޯ: އެޗްޑީސީ

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑިސީ)ން އެއް މިލިއަން ރުފިޔާ ޣައްޒާއަށް ހަދިޔާކޮށްފިއެވެ.

ޣައްޒާއަށް މި ފައިސާ އެޗްޑީސީން ހަދިޔާ ކޮށްފައިވަނީ ރާއްޖޭގައި، އެހީގެ ބޭނުންޖެހިފައިވާ ގައުމުތަކަށް އެހީ ފޯރުކޮށްދޭ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) މެދުވެރިކޮށެެވެ.

އެ ޖަމިއްޔާއިން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އެޗްޑީސީގެ ފަރާތުން ފޯރުކޮށްދިން އެހީ އޭގެ ހައްގުވެރި ފަރާތަށް ފޯރުކޮށްދީ ތަފްސީލު ހާމަ ކުރާނެ ކަމަށެވެ.

އައިއޭސީން ފަލަސްތީނަށް އެހީވުމަށް ފުރުސަތު ހުޅުވައިލައިފައި އޮތުމާއެކު އާންމުންގެ ތެރެއިންވެސް ގިނަ ބަޔަކު އަންނަނީ އެ ފަންޑަށް ފައިސާ ހަދިޔާ ކުރަމުންނެވެ.

އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި، މިހާތަނަށް 33،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

comment ކޮމެންޓް