ގުރައިދޫ ދާއިރާގެ ޑިމޮކްރެޓްސް ކެންޑިޑޭޓުގެ ތާއީދު ސަރުކާރު ކެނޑިޑޭޓަށް

ގުރައިދޫ ދާއިރާއަށް ޑިމޮކްރެޓްސްއިން ވާދަކުރާ ލީލާ އިބްރާހީމްމަނިކާއި މިނިސްޓަރު އަލީ އިހުސާން: ލީލާ ތާއިދުކުރަނީ ސަރުކާރު ކެންޑިޑޭޓް ހަނާން މުހައްމަދު ރަޝީދަށް ކަމަށް ވަނީ އިއުލާންކޮށްފައި --

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތ. ގުރައިދޫ ދާއިރާއަށް ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް، ލީލާ އިބްރާހީމްމަނިކު، އެ ދާއިރާއަށް ވާދަކުރާ ސަރުކާރު ކެންޑިޑޭޓް ހަނާން މުހައްމަދު ރަޝީދަށް ތާއީދު ކޮށްފިއެވެ.

ލީލާ ހަނާނަށް ތައީދު ކުރިކަން އިއުލާނު ކޮށްފައި ވަނީ، މިރޭ ޕީއެންސީން ބޭއްވި ގުރައިދޫ ދާއިރާގެ ކެމްޕެއިން ޖަލްސާއެއްގައެވެ. މި ޖަލްސާގައި ވާހަކަ ދައްކަވަމުން ހަނާނާއި ހޯމް މިނިސްޓަރު އަލީ އިހުސާނު ވަނީ ލީލާ ސަރުކާރު ކެންޑިޑޭޓަށް ތާއީދު ކުރަން ނިންމުމުން ޝުކުރު އަދާކޮށްފައެވެ.

ލީލާ ވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި ވަޒީފާއާ ބެހޭ ޓްރިބިއުނަލްގެ މެމްބަރުކަން އަދާކުރައްވާފައެވެ. އޭނާ މި ވަޒީފާއިން އިސްތިއުފާދީ ޑިމޮކްރެޓްސްއާ ގުޅިފައި ވަނީ، މިދިޔަ އަހަރުގެ އޮގަސްޓު މަހުއެވެ.

ގުރައިދޫ ދާއިރާގެ ޓިކެޓަށް ޕީއެންސީން ފަސް މީހުން ވާދަކުރިއެވެ. ހަނާން މި ޓިކެޓު ކާމިޔާބު ކޮށްފައި ވަނީ، 523 ވޯޓުންނެވެ.

https://sun.mv/190240

މީގެ ކުރިން، ޕީއެންސީގެ މައްޗަންގޮޅި މެދު ދާއިރާގެ ޓިކެޓު ކާމިޔާބު ކުރި ކެންޑިޑޭޓު ވަނީ މިނިވަން ކެންޑިޑޭޓަކަށް ތާއީދު ކޮށްފައެވެ. އެ ދާއިރާއިން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް ތާއީދު ކުރެއްވީ އެ މިނިވަން ކެންޑިޑޭޓަށެވެ.

comment ކޮމެންޓް