ދިރާގު އީދު ބޯކިބާ ހަރަކާތަށް ބޮޑު ތަރުހީބެއް

ދިރާގު އިދު ބޯކިބާ ހަރަކާތުގެ ތެރެއިން -- ފޮޓޯ/ ދިރާގު

ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން މިއަދު ދިރާގުން އާޓިފިޝަލް ބީޗާއި ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ކުރިއަށްގެންދިޔަ ދިރާގު އީދު ބޯކިބާ އަދި ދިރާގު އީދު ހަދިޔާއަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިއްޖެއެެވެ.

މާލެ އާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ ހަތް އަތޮޅެއްގައި ވެސް ދިރާގުން ވަނީ މި ހަރަކާތް ކުރިއަށްގެންގޮސްފައެވެ. އެއީ ކުޅުދުއްފުށި ސިޓ،ީ އައްޑޫ ސިޓ،ީ ފުވައްމުލައް ސިޓ،ީ ތިނަދޫ ސިޓ،ީ ލ. ގަން، ބ. އޭދަފުށި އަދި އދ. ދަނގެއްޗެވެ.

މި ހަރަކާތާ ގުޅޭގޮތުން ދިރާގުގެ މެނޭޖާ ބްރޭންޑް އެންޑް އިވެންޓްސް ނާޔާ ޝަރީފް ވިދާޅުވީ، މި ހަރަކާތަށް އާންމުންގެ ފަރާތުން ލިބުނު ހޫނު ތަރުހީބަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ހެޔޮ ހިތުން މުޖުތަމައުގެ އެކަކު އަނެކަކަށް އަޅާލުމުގެ ސަގާފަތެއް އާލާކުރުމަކީ ދިރާގުން އަބަދުވެސް ހާއްސަ ސަމާލުކަމެއް ދޭ ކަމެއް" ނާޔާ ވިދާޅުވިއެވެ.

މި ހަރަކާތްތަކުގެ އިތުރުން ދިރާގަކީ މިއަދު މާލޭގައި 1438 ގްރޫޕު އިންތިޒާމްކޮށްގެން ކުރިއަށްދާ ފިތުރު އީދު ހަރަކާތްތުގެ
ޕާޓްނަރެއްވެސް މެއެވެ. މި ހަރަކާތުގައި އީދުގެ ސަގާފީ ކުޅިވަރުތައް ކަމަށްވާ ފެން ކުޅުން، ބޮޑު މަސް އަދި މާލި ޕެރޭޑް ކުރިއަށްދާނެއެވެ.

މީގެ އިތުރުން އީދު މިއުޒިކް ޝޯއަކާއި ހަވާއެރުވުން ވެސް މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އާޓިފިޝަލް ބީޗުގައި 08:30ގައި ސްޓޭޖް ޝޯ ހަރަކާތްތައް ކުރިއަށް ގެންދާއިރު، ހަވާ އަރުވަން ހަމަޖެހިފައި ވަނީ މިރޭގެ 10:00ގައެވެ.

comment ކޮމެންޓް