ޕްރޮޑިއުސަރު ބޮނީ ކަޕޫރު ދާދިފަހުން އިއުލާނުކުރި ފިލްމު "ނޯ އެންޓްރީ2"ގެ ބަތަލާއިންގެ ރޯލަށް ކްރިތީ ސެނޮން، ޝްރަދާ ކަޕޫރު އަދި މަނޫޝީ ޗިލަ ގެންނަން ނިންމާފައިވާކަމަށް ފަހުގެ ރިޕޯޓުތަކުން ބުނެފިއެވެ.
މި ފިލްމަކީ އުއްމީދީ ބަތަލާ މަނޫޝީގެ ފިލްމީ ކެރިއަރަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށާއި ފަހަކަށް އައިސް ބަތަލާ ސޮއިކޮށްފައިވާ ފިލްމު ތަކަކީ ވަރަށް އުފެއްދުންތެރި އޯޑިއަންސާ ރަހްމަތްތެރި ފިލްމުތަކެއް ކަމަށް ރިޕޯޓުތަކުން ވަނީ ފާހަގަކޮށްފައެވެ.
ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދި ހެއްވާ މަޖާ ފިލްމު "ނޯ އެންޓްރީ2"ގެ ފިރިހެން ތަރިންގެ ނަންތައް ދާދިފަހުން އިއުލާނުކޮށްފައި ވާއިރު ޕްރޮޑިއުސަރު ބޮނީ ކަޕޫރު ބުނެފައި ވަނީ ފިލްމުން އަންހެން ތަރިންގެ ރޯލްއިން މުޅި އެކު 10 ބަތަލާއިން ފެންނާނެ ކަމަށެވެ.
މި ފިލްމަށް ކްރިތީ، ޝްރަދާ އަދި މަނޫޝީ ސޮއިކޮށްފި ނަމަ މި ފިލްމުގެ ވެގެންދާނީ މި ތިން ތަރިން ވެސް ބޮނީ އާ އެކު އަދި ފިލްމުގެ ލީޑް އެކްޓަރުންނާ އެކު މަސައްކަތް ކުރާނެ ފުރަތަމަށް ފިލްމަށެވެ.
ބަތަލާ ކްރިތީ ސެނޮންގެ ދެ ފިލްމެއް ދާދިފަހުން ރިލީޒްކުރެވިފައި ވާއިރު ބަތަލާ މަނޫޝީ މުހިއްމު ރޯލް ކުޅޭ ފިލްމު "ބަޅޭ މިޔާ ޗޯޓޭ މިޔާ" މި އަހަރުގެ ފިޠުރު ޢީދު ދުވަހު ރިލީޒްކުރަން ވަނީ ތާވަލުކޮށްފައެވެ.
ޔަޝް ރާޖް ފިލްމްސްގެ "ސަމްރާތު ޕްރިތުވީރާޖް"އިން ފިލްމީ ދާއިރާއަށް ތަޢާރަފްވި ރީތީގެ ރާނީ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ "އޮޕަރޭޝަން ވެލެންޓައިން"ގެ ނަމުގައި ރިލީޒްކުރި އަސްކަރީ ހަނގުރާމަ މަތީގެ ވާހަކަތައް ކިޔައިދޭ ފިލްމުންނެވެ.