އެޑްވަޓޯރިއަލް: އީދަށް ޝޮޕިންކުރަން ދާންވީ މިފަހަރު ''އިލާލާ'' އަށް

އިލާލާ ފިހާރަ--

ބަރަކާތްތެރި ރަމަޟާން މަހަށްފަހު ކުރިއަށްއޮތް އީދަށް ތައްޔާރުވުމަށް ދިވެހީން އެންމެ ހާއްސަ އިސްކަމެއްދީގެން ކުރާ އެއްކަމަކީ އީދު ނަމާދަށް ދިއުމަށް ލާނެ އައު ހެދުމެއް ހޯދުމެވެ.

އީދު ދުވަހު އައު ހެދުމެއް ލުމަކީ އެންމެ ކުޑަކުއްޖާއިން ފެށިގެން އެންމެ ދުވަސްވީ މީހާވެސް ވަރަށް ހާއްސަ އިސްކަމެއްދޭ ކަމެކެވެ. މިކަމަށް ދިވެހިން އިސްކަންދޭވަރު އީދު ވިލޭރޭ ފޭރާން ވިއްކާ ފިހާރަތަކަށް ބަލާލުމުން ފެނިގެންދެއެވެ.

މާލޭގައި ފޭރާން ވިއްކާ ފިހާރަތަކުގެ ތެރެއިން ކުރިއަށްއޮތް އީދަށް އެންމެބޮޑަށް ތައްޔާރުވި އެއް ފިހާރައަކީ ލޮނުޒިޔާރަތްމަގުގައި ހުންނަ "އިލާލާ" ފިހާރައެވެ.

އިލާލާ ފިހާރައިން ވިއްކާ ބައެއް އަންނައުނު-- ފޮޓޯ: އިލާލާ

އިލާލާ ފިހާރައިން ބުނީ ކުރިއަށްއޮތް އީދަށް ހާއްސަކޮށް އެ ފިހާރައިގެ އަމިއްލަ ބްރޭންޑެއް ކަމަށްވާ ކައުރީ 45 ގެ މުޅިން އައު ޑިޒައިންތަކެއްގެ ގަމީސްތަކެއް ގެނެސްފައިވާކަމަށެވެ. މީގެ އިތުރުން އެ ފިހާރައިން މިހާރުވެސް ވިއްކަމުން އަންނަ ލީވައިޒް، ޒާރާ، ޓީބީވައި ބްރޭންޑުގެ އައު މުދާ އީދަށް ހާއްސަކޮށް ގެނެސްފައިވާކަމަށެވެ.

އިލާލާ ފިހާރައިން ބުނީ، އީދު ބަންދުގައި ޗުއްޓީ ހޭދަކޮށްލުމަށް ރަށްރަށަށް ދާއިރު، އެ ދަތުރުކުރާ މާހައުލާ ގުޅުވާލައިގެންވެސް މިހާރު އެފިހާރައިން "ކައުރީ" ބްރޭންޑްގެ ސޯޓާއި، ޓީޝާޓުގެ އިތުރުން ގަމީހާއި ތޮފި ލިބެން ހުންނާނެކަމަށެވެ.

އިލާލާއިން ވަނީ ދިވެހިން ގަޔާވާ ވައްތަރުތަކުގެ ޕްލޭން ޓީޝާޓާއި، ގަމީސް އެކި ކުލަތައް ހިމެނޭނޭހެން އީދަށް ހާއްސަކޮށް އައު ސްޓޮކް ގެނެސްފައެވެ.

އިލާލާ ފިހާރައިން ވިއްކާ އުފެއްދުންތަކުގެ މައުލޫމާތާއި އެތަނުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލިބޭނެއެވެ. މީގެ އިތުރުން އެއްޗެއް ގަންނަން ބޭނުންނަމަ ސޯޝަލް މީޑިއާގައިވާ އިލާލާގެ ޕޭޖު މެދުވެރިކޮށް ގަނެވޭނެއެވެ.

comment ކޮމެންޓް