ކޯޓާ އިތުރުކޮށްދިނުމަކީ އެކުވެރިކަން ބަދަހިކަމުގެ ރަމްޒެއް: ޒަމީރު

ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ބައްދަލުކުރެއްވުން -- ފޮޓޯ/ ފޮރިން މިނިސްޓްރީ

އިންޑިއާއިން ޒަރޫރީ ކާތަކެއްޗާއި ހިލަވެލީގެ ކޯޓާ، ކުރިން ނުކުރާ މިންވަރަކަށް އިތުރުކޮށްދިނުމަކީ އިންޑިއާއާއެކު އޮތް އެކުވެރިކަން ބަދަހިކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިރޭ ވިދާޅުވެއްޖެއެވެ.

އިންޑިއާއިން ކުރިން ނުކުރާ މިންވަރަކަށް ޒަރޫރީ ކާތަކެއްޗާއި ހިލަވެލީގެ ކޯޓާ، މިއަދުވަނީ ރާއްޖެއަށް އިތުރުކޮށްދީފައެވެ.

އެ ކޮމިޝަނުން ބުނީ، ރާއްޖެއާއި އިންޑިއާއާ ދެމެދު 1981ގައި ހަދާފައިވާ 'އެގްރިމެންޓް އޮން ޓްރޭޑް ކޯޕަރޭޝަން' ގެ ދަށުން މިއީ މިހާތަނަށް ކޯޓާ އެންމެ ބޮޑަށް އިތުރުކުރި ފަހަރު ކަމަށެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓަަރު މޫސާ ޒަމީރު އެކްސްގައި ވަނީ އިންޑިއާއަށް ޝުކުރު ދަަންނަވާފައެވެ. މިނިސްޓަރު ވިދާޅުވީ މިކަމުގެ ސަބަބުން ގައުމުގެ ދެމެދުގައި އޮންނަ ވަރުގަދަ ވެގެން ދާނެ ކަމަށެވެ.

https://twitter.com/MoosaZameer/status/1776324964381343971?s=20

އަދި މިއީ ވިޔަފާރީގެ ދާއިރާއިން ދެ ގައުމުގެ މެދުގައި ގުޅުން އިތުރަށް ބަދަހިވަމުން އަންނަކަމުގެ ރަމްޒެއް ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނީ އިންޑިއާއިން ނިންމާފައިވަނީ އިމާރާތް ކުރުމަށް ބޭނުންވާ ހިލައާއި ހިލަވެލީގެ ކޯޓާ އެއް މިލިއަން މެޓްރިކް ޓަނަށް އިތުރު ކުރުމަށް ކަމަށާއި އެއީ 25 ޕަސެންޓުގެ އިތުރުވުމެއް ކަމަށެވެ.

ދެ ގައުމުގެ ގުޅުމާމެދު ތަފާތު އެކި ވާހަކަތައް ދެކެވެމުން އައި ނަމަވެސް ސަރުކާރުތަކުގެ މެދުގައި މާ ބޮޑު ނުތަނަވަސްކަމުގެ މަންޒަރެއް ނުފެނެއެވެ.

އިންޑިއާއަކީ އަބަދުވެސް ރާއްޖެއާ އެންމެ ގާތްކަން ބާއްވާ އެއް ގައުމެވެ.

comment ކޮމެންޓް