ހުޅުމާލޭ ތިން ވަނަ ފިޔަވަހީގެ 15 ހެކްޓަރު ބިން ހިއްކައިފި

ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ 15 ހެކްޓަރު ބިން ހިއްކާފައި: ޖުމްލަ 63 ހެކްޓަރު ހިއްކާނެ -- ފޮޓޯ/ އެޗްޑީސީ

ހުޅުމާލޭ ތިން ވަނަ ފިޔަވަހީގެ 15 ހެކްޓަރުގެ ބިން ހިއްކައިފިއެވެ.

އެޗްޑީސީން މިއަދު ބުނީ ހުޅުމާލޭ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ބައިގެ ގޮތުގައި ހިއްކުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ 10 ހެކްޓަރު ބިން މިހާރު ހިއްކާ ނިމި، ދެވަނަ ބައިގެ ވެސް ފަސް ހެކްޓަރު ހިއްކާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެޗްޑީސީން ބުނީ މިހާރު ކުރިއަށް ދަނީ ދެވަނަ ބައިގެ ނުނިމި އޮތްބައި ހިއްކުމުގެ މަސައްކަތް ކަމަށެވެ.

ހުޅުމަލޭގެ ތިން ވަނަ ފިޔަވަހީގެ ގޮތުގައި މުޅި ޖުމްލަކޮށް ހިއްކުމަށް ކަނޑައަޅާފައި ވަނީ 63 ހެކްޓަރެވެ.

ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ 15 ހެކްޓަރު ބިން ހިއްކާފައި: ޖުމްލަ 63 ހެކްޓަރު ހިއްކާނެ -- ފޮޓޯ/ އެޗްޑީސީ

އެޗްޑީސީން ވަނީ ބިން ހިއްސާ ސަރަހައްދުގައި ސަރަހައްދުގައި ހުރި އުޅަނދުތަކެއް ނަގައި ދިނުމަށް އެދިފައެވެ. އެ ސަރަހައްދުން ނަގާ އުޅަނދުތައް އެ ސަރަހައްދުން ބޭރުގައި އެޅުމުގެ ފުރުސަތު އުޅަނދުގެ ވެރިންނަށް ފަހިކޮށްދީފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

މިއީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ފެށި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ގޯތި ލިބުނު މީހުންނަށް ބިން ދޫކުރުމަށް ހިއްކާ ސަރަހައްދެކެވެ. މި ސަރަހައްދުން 700 އެއްހާ ގޯތި ދޫކުރާނެއެވެ.

comment ކޮމެންޓް