އަންނާރު: ފައިދާތަކުން ފުރިގެންވާ މޭވާއެއް

އަންނާރަކީ ނުހަނު ގިނަ ފައިދާތައް އެކުލެވޭ މޭވާއެއް--ފޮޓޯ/ފުޑްނެޓޮވާކް

އަންނާރަކީ އިހު ޒަމާނުއްސުރެން ވެސް ދިވެހީންގެ މެދުގައި ވަރަށް މަގުބޫލު މޭވާއެކެވެ. ހަށިގަނޑަށް އެތަކެއް ފައިދާތަކެއް ލިއްބައިދޭ ދިގު ތާރީޚެއް އޮތް މި މޭވާ އަކީ، ހަށިގަނޑަށް އެތަކެއް ފައިދާތަކެއް ލިއްބައިދޭ މޭވާއެކެވެ.

ދުނިޔޭގެ އިޤްތިސާދަށް އަންނަ ބަދަލާއެކު ކާބޯތަކެތީގެ އަގު އުފުލިފައިވާއިރު އަންނާރަކީ ތާޒާކޮށް ލިބުން ދަތި އެހާމެ އަގު މަތި މޭވާއެކެވެ.

މި މޭވާ އަކީ ތާޒާކޮށް އެ ހުރިގޮތަށް ކެވޭ ނޫނީ ފަނި ގިރައިންގެ ވެސް ބޮވޭ މޭވާއެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ކޮންމެ ދުވަހަކު އަންނާރު ޖޫސްތަށްޓެއް ބުއިމުން ލޭގެ ޕްރެޝަރު ދަށްކޮށްދިނުމަށް އެހީތެރިވެދެއެވެ. އަންނާރުން ހަށިގަނޑަށް ލިބޭ އިތުރު މުހިއްމު މާއްދާތަކުގެ ތެރޭ އެންޓިއޮކްސިޑަންޓްސް އާއި އެކި ބާވަތުގެ ވިޓަމިންސް އަދި މިނެރަލްސް ހިމެނެއެވެ.

ކެލޮރީސް އާއި ފެޓް މަދު މި މޭވާގައި ފައިބާ އާއި ވިޓަމިން ސީގެ މާއްދާތައް އެކުލެވިފައިވީ ނަމަވެސް އެއީ މަދު ޢަދަދެކެވެ. އަންނާރުގައި އެކުލެވޭ އެންޓިއޮކްސިޑެންޓް މާއްދާގެ މުއްސަނދިކަމާ ހުރެ ހަށިގަނޑަށް ގެއްލުން ހުރި ދާއިމީ އެތަކެއް ބައްޔަކުން ހަށިގަނޑު ރައްކާތެރިކޮށްދެއެވެ.

އަންނާރު ދިޔަ އަކީ ތަފާޓު އެކި ބަލިތަކުން ހަށިގަނޑު ރައްކާތެރިކޮށްދޭ ބުއިމެއް--ފޮޓޯ/އެމޭޒަން

އަންނާރުގެ ދިޔައިން ތައްޔާރު ކުރާ ޖޫހުގައި ގިނަ ބަލިތަކާ ގުޅިފައިވާ ދާއިމީ އިންފްލެމޭޝަން އިން ހަށިގަނޑު ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދޭ ކޮމްޕައުންޑުތަކެއް އެކުލެވިގެންވެއެވެ.

އަންނާރު ބޭނުން ކުރުމުގެ ސަބަބުން ހިތުގެ ބައްޔާއި ކެންސަރު ބަލިން ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދީ ކުޑަކަމުދާ ނިޒާމަށް ޖެހޭ ބަލިތަކުން ވެސް ހަށިގަނޑު ސަލާމަތްކޮށްދެއެވެ. ހާއްސަކޮށް ކިޑްނީގައި ހިލަ އުފެދުމާ ދެކޮޅަށް އަންނާރު އެހީތެރިވެދެއެވެ.

ކޮންމެ މޭވާ އަކީވެސް ހަށިގަނޑަށް އެތަކެއް ފައިދާތަކެއް ލިއްބައިދޭ އެއްޗަކަށްވާއިރު އަންނާރު ހާއްސަވާ އެންމެ ބޮޑު އެއް ސަބަބަކީ ހަށިގަނޑު ތަފާތު އެކި ޖަރާސީމުތަކުން ދުރުކޮށްދީ ދުޅަހެޔޮކަން މަތީ ހަށިގަނޑު ބެހެއްޓުމަށް ކަސްރަތުކުރުމަށް އެހީތެރިވެދީ ހަށިގަނޑުގެ ހަކަތަ އިތުރުކޮށްދޭތީއެވެ. އެހެންކަމުން މިއީ ކޮންމެ ދުވަހެއްގެ ކެއުމުގައި ވެސް ހިމަނާލަން މުހިއްމު މޭވާއެކެވެ.

comment ކޮމެންޓް