119 ކިލޯ ޑުރަގް މައްސަލަ: ދައުވާ ސާބިތުނުވި 2 މީހުންގެ މައްސަލަ ރިވިއުކުރަނީ

1.3 މިލިއަން ރުފިޔާގެ ބަނގުރާ ނައްތާލުން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މީގެ ތިން އަހަރުކުރިން، 2021ވަަނަ އަަހަރު ޑިސެންބަރު، 2021 ވަނަ ދުވަހު ރާއްޖެއަށް 119 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރި ކަމަށް ތުހުމަތުކުރެވޭ ތިން މީހަކަށް ފީޖީ އޮފީހުން ދައުވާކުރިއިރު، އެ މައްސަލައިގައި ކުށް ސާބިތުނުވި ދެ މީހުންގެ މައްސަލަ ރިވިއުކުރަން އަންގައިފައިވާކަމަށް ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން މިރޭ ވިދާޅުވެއްޖެއެވެ.

މިކަމުގެ މައުލޫމާތު ހިއްސާކޮށްދެއްވުމަށް މިނިސްޓަރު އިހްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަސްތުވާތަކެތި އެތެރެކޮށް އޭގެން ވިޔަފާރިކުރާ ކަން ތިން މީހެއް މައްޗަށް، ތަހުގީގުގެ ޓީމަށް ފާހަގަކުރެވުނު ކަމަށެވެ.

އެހެންވެ އެ މައްސަލައިގެ ވަރަށް ތަފްސީލީ ތަހުގީގަކަށް ފަހު މިކަމުގައި ބައިވެރިވި ކަމަށް ތަހުގީގަށް ފާހަގަވި ތިން މީހަކަށް ޕީޖީގެ އޮފީހުގެ ފަރާތުން ދައުވާކުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް މިނިސްޓަރު ވިދާޅުވެފައިވާ ގޮތުން ނިމިދިޔަ ހަފުތާ ތެރޭ ކްރިމިނަލް ކޯޓުން އޭގެތެރެއިން ދެ މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމާފައިވެއެވެ.

މީގެއިތުރުން، މިފަދަ ކޭސްތައް އިތުރަށް ތަހުގީގުކޮށް ރައްޔިތުންނަށް ހުރިހާ ތަފްސީލެއް ހާމަކުރުމަށް ފުލުހުންނަށް ދަންނަވާފައިވާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މަސްތުވާތަކެތީގެ ވިއްކުމާއި ޓްރެފިކް ކުރުމާގުޅޭ ކަންކަން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރަމުންދާތީ އެކަން ހުއްޓުވުމުގެ ގޮތުން ކަނޑުދަތުރުފަތުރު ކުރާ އުޅަނދުފަހަރުގައި "ވެސެލްސް ޓްރެކިން ޑިވައިސް" ހަރުކުރުމަށް ރައީސް ޑރ.މުޙައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.

https://www.sun.mv/189682

އެ ޑިވައިސް ހަރުކުރުމަށް ރައީސް ނިންމެވީ މި މަހު 10 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

މީގެއިތުރުން، އެ ޑިވައިސް ހަރުކުރާ އުޅަނދުތަކުގެ ހަރަކާތްތައް މޮނިޓާ ކުރުމުގެ އިންތިޒާމު ދިވެހި ފުލުހުންގެ ޚިދުމަތުގެ މެރިޓައިމް އޮޕަރޭޝަން ސެންޓަރުގައާއި އެމްއެންޑީއެފްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަންގައި ހަމަޖެއްސެވުމަށް ވެސް އެދުވަހުގެ ވަޒީރުންގެ މަޖިލީހުގައި ވަނީ ނިންމައިފައެވެ.

comment ކޮމެންޓް