މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަނީ

މަކަރާއި ހީލަތް ހަދައިގެން ފުލުހުން ހޯދަ މީހާ--

މަކަރާއި ހީލަތުގެ މައްސަލައެއްގައި ފުލުހުން، މީހަކު ހޯދަން ފަށައިފިއެވެ.

މިކަމާ ގުޅިގެން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ވަނީ ފިރިހެނެއްގެ ފޮޓޯއެއް އާންމުކޮށްފައެވެ.

ފުލުހުން ބުނީ އެ ފޮޓޯގައި ވާ މީހާއަކީ ފުލުހުންނަށް ހުށަހެޅި، މިހާރު ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތް ހެދުމުގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެފައިވާ މީހެއް ކަމަށެވެ.

އެހެން ނަމަވެސް އަދި އެއީ ކާކުކަން ދެނެގަނެވިފައިނުވާތީ އޭނާ ހޯދިފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ ފޮޓޯގައި ވާ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ހުޅުމާލެ ފޭސް އެކެއްގެ އިންވެސްޓިގޭޝަން ނަމްބަރު 9980062 އަށް ގުޅައި ހިއްސާ ކުރަން އެދިފައެވެ.

މިފަހަކަށް އައިސް މަކަރާ ހީލަތް ހެދުމުގެ މައްސަލަތައް ދަނީ ގިނައިން ފެންމަތިވަމުންނެވެ.

comment ކޮމެންޓް