މައިކްރޮސޮފްޓުން އަންނަނީ ޓީމްސް ޕްލެޓްފޯމްގެ ތެރޭގައި އެ ކުންފުނީގެ ކޯޕައިލޮޓް އޭއައި އެސިސްޓެންޓް ސްމާޓްކޮށް، ގާބިލްކަން އިތުރު ކުރުމަށް ޓަކައި ގިނަ އަޕްގްރޭޑްތަކެއް ތައާރަފް ކުރަމުންނެވެ. އެ ކުންފުނީގެ އަމާޒަކީ އެ ޕްލެޓްފޯމްގައި އާޓިފިޝަލް އިންޓެލިޖެންސް އިތުރުކުރުމެވެ.
މައިކްރޯސޮފްޓް ޓީމްސްއަށް އަންނަ އެންމެ މުހިންމު އެއް ކޯޕައިލޮޓް ފީޗާއަކީ މީޓިން ޓްރާންސްކްރިޕްޓާއި ޗެޓް ޑިސްކަޝަންތައް އެއް ވިއުއަކަށް އެއްކޮށްލާ ގާބިލުކަމެވެ.
މީގެއިތުރުން ޓީމްސްގައި ޗެޓް އެކްސްޕީރިއަންސަށް، އޭއައި އެސިސްޓެންޓުން ވެސް އަންނަނީ އާ ހުނަރުތައް ހޯދަމުންނެވެ. އެގޮތުން ޔޫޒަރުންނަށް ވަރަށް އަވަހަށް ކަސްޓަމައިޒް ކޮށްފައިވާ ޓޯންތަކާއި ސްޓައިލްތަކާއި ޑްރާފްޓް މެސެޖްތައް ލިބޭނެއެވެ .
މައިކްރޮސޮފްޓުން އަންނަނީ ޓީމްސް މެދުވެރިކޮށް ކުރާ އޯޑިއޯ ކޯލްތަކުން އޮޓަމެޓިކުން ނޯޓްސް، އެކްޝަން އައިޓަމްސް އަދި ސަމަރީޒް ޖެނެރޭޓް ކޮށްދޭނެ އާ "އިންޓެލިޖެންޓް ކޯލް ރިކެޕް" ފީޗާވެސް ޓެސްޓުކުރަމުންނެވެ. މި ފީޗާ އަންނަ ކުއާޓަރުގައި ޓީމްސް ޕްރިމިއަމް ކަސްޓަމަރުންނަށް ތައާރަފު ކުރާނެ ކަމަށް މައިކްރޯސޮފްޓުން ބުނެއެވެ.
ކޯޕައިލޮޓްގެ ފީޗާތައް ފުޅާވަމުން އަންނައިރު، މައިކްރޮސޮފްޓުން އަންނަނީ ޓީމްސް ރޫމްތަކުގައި އަދި ރިމޯޓްކޮށް ބާއްވާ ހައިބްރިޑް ބައްދަލުވުންތަކަށް ޓެކްނޮލޮޖީގެ ކުރިއެރުންތައް ތައާރަފު ކުރަމުންނެވެ. އެގޮތުން ޓީމްސްގައި ޗެޓްރޫމްގެ ބައިވެރިންގެ އިންޑިވިޖުއަލައިޒްޑް ވީޑިއޯ ފީޑްތައް ހެދުމަށް އޭއައި ބޭނުންކުރާ އިންޓެލިފްރޭމް ފީޗާ އަކީ ޓީމްސް ރޫމް ޑިވައިސްތަކުގައި ޑިފޯލްޓްކޮށް ބޭނުންކުރެވޭނެ ފީޗާއެކެވެ.
މިހާރަށްވުރެ ސައްހަ ޓްރާންސްކްރިޕްޝަން އަދި ވޮއިސް ރިކޮގްނިޝަންއަށް ޓަކައި މައިކްރޮސޮފްޓުން އަންނަނީ ޓީމްސް ރޫމް ބޭނުންކުރާ ފަރާތްތަކަށް އެމީހުންގެ ޕްރޮފައިލަށް އެމީހުންގެ އަޑާއި މޫނު މެޕްކޮށްލެވޭ ސްޕީކަރ އެންރޯލްމަންޓް ކެޕޭސިޓީއެއް ވެސް ތައާރަފްކުރަމުންނެވެ.
މައިކްރޮސޮފްޓުން އާޓިފިޝަލް އިންޓެލިޖެންސް އިންޓަގްރޭޓް ކުރުމަށް ކުރަމުންދާ މަސައްކަތްތައް މި އަޕްގްރޭޓްތަކުން ވަރަށް ބޮޑަށް ދައްކުވައިދެއެވެ.