ފުލުހުންގެ ކުރީގެ ވެރިންގެ ފަންނީ އެހީތެރިކަން ހޯދަން މަޝްވަރާކޮށްފި

ފުލުހުންގެ ކުރީގެ ވެރިންގެ ފަންނީ އެހީތެރިކަން ހޯދަން މަޝްވަރާކޮށްފި--ފޮޓޯ:މޯލްޑިވްސް ޕޮލިސް ސާވީސް

ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވާފައިވާ ވެެރީންގެ ފަންނީ އެހީތެރިކަން ހޯދުމަށް މަޝްވަރާކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވާފައިވާ ކޮމިޝަނަރުން އަދި ޑެޕިއުޓީ ކޮމިޝަނަރުންނާއި މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ރޭ ވަނީ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުމުގައި މިހާރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އާއި ފުލުހުންގެ އެހެން ވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ފުލުހުންގެ ކުރީގެ ވެރިންގެ ފަންނީ އެހީތެރިކަން ހޯދަން މަޝްވަރާކޮށްފި--ފޮޓޯ:މޯލްޑިވްސް ޕޮލިސް ސާވީސް

މި ބައްދަލުވުމުގައި ކުރީގެ ޚިދުމަތްތެރިންގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް ސްޓްރެޓިޖިކް ލެވެލްގައި ފަންނީ އެހީތެެރިކަން ހޯދިދާނެ ގޮތްތަކާމެދު މަޝްވަރާކުރެވުނުކަމަށް ފުލުހުން ބުންޏެވެ.

ރޭގެ ބައްދަލުވުމުގައި ނިމިދިޔަ ސަރުކާރުގައި ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި މުޙައްމަދު ހަމީދާއި އޭގެ ކުރީގެ ކޮމިޝަނާ ހަމްދޫން ރަޝީދާއި ހުސައިން ވަހީދުގެ އިތުރުން ކުރީގެ ބައެއް އެހެން ކޮމިޝަނަރުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

comment ކޮމެންޓް