އެކިރަހަ: މިކްސް ގްރިލްގެ ޗިކަން ސީކް ކެބާބް

މިކްސް ގްރިލްގެ ޗިކަން ސީކް ކެބާބް ----

ރޯދަމަހަށް ޚާއްސަކޮށް އެސްއެސްޓީވީން ގެނެސްދޭ އެކިރަހަ ޕްރޮގްރާމްގެ މިއަދުގެ އެޕިސޯޑުގައި މި ގެނެސްދެނީ މިކްސް ގްރިލް ރެސްޓޯރެންޓުގެ ޗިކެން ސީކް ކެބާބް ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

  • ކުކުޅު (ކިއުބްކޮށް ކޮށާފަ)
  • ލޮނު
  • އަސޭމިރުސް
  • ކާފޫރުތޮޅި
  • މިރުސް
  • ފިޔާ
  • ލޮނުމެދު
  • އިނގުރު
  • ކޮރިއަންޑާ
  • ބާބަކިއު ސްޓިކްސް

ތައްޔާރު ކުރާނެ ގޮތް:

ޗިކެން ސީކް ކެބާބް ތައްޔާރު ކުރުމަށްޓަކައި އެންމެ ފުރަތަމަ ފިޔާކޮޅާއި ލޮނުމެދާއި އިނގުރުކޮޅުގެ އިތުރުން މިރުހާއި ކޮރިއަންޑާ ކޮޅާއި ކުކުޅު ކޮޅު އަޅައިގެން މިކްސަރަކުން މުގުރާނީއެވެ.

މަސްގަނޑު ތައްޔާރު ކުރާއިރު ޓެކްސްޗާ އެހާ މަޑުކޮށް ނޫނީ ހަރުކޮށް ނުބެހެއްޓުމަށް ސަމާލުކަން ދޭންވާނެއެވެ. ދެން މަސްކޮޅު ބާބަކިއު ސްޓިކްތަކަށް އަމުނާލާނީއެވެ. މަސްގަނޑު އަމުނާލާއިރު މާ ބޮޑަށް ތަތްވާނަމަ ފެން ފޮދެއް ނުވަތަ ތެޔޮ ފޮދެއް ބޭނުންކުރެވިދާނެއެވެ.

އޭގެފަހުން ކެބާބް ރޯފިލަން ދެން ގްރިލްކޮށްލާނީއެވެ.

މިހާރު ހުންނާނީ ޗިކެން ސީކް ކެބާބް ތައްޔާރުވެފައެވެ. މި ޑިޝްއަކީ ގޭގައި ލިބެން ހުންނަ ތަކެތި ބޭނުންކޮށްގެން ވަރަށް އަވަހަށް ތައްޔާރު ކުރެވޭނެ އަނގަޔަށް މީރު ޑިޝްއެކެވެ.

comment ކޮމެންޓް