ދުނިޔޭގެ 'އެންމެ ތަޣައްޔަރު'ވެފައިވާ ވެރިރަށަކީ އިންޑިއާގެ ދިއްލީ

އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އަކީ 2023 ވަނަ އަހަރު ދުނިޔޭގައި އެންމެ ތަޣައްޔަރުވެފައިވާ ވެރިރަށް -- ފޮޓޯ/ބީބީސީ

އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަކީ މިދިޔަ އަހަރު ދުނިޔޭގައި އެންމެ ތަޣައްޔަރުވެފައިވާ ވެރިކަންކުރާ ރަށްކަމަށް ސުވިޒަލޭންޑުގެ ހުންނަ ވައިގެ ފެންވަރު ބަލާ ގްރޫޕެއް ކަމަށްވާ އައިކިޔޫއެއާއިން ބުނެފިއެވެ.

އިންޑިއާއަކީ އަވަށްޓެރި ބަންގްލަދޭޝްއާއި ޕާކިސްތާނަށް ފަހު ދުނިޔޭގެ ތިންވަނައަށް އެންމެ ތަޣައްޔަރުވެފައިވާ ގައުމު ކަމަށް ވެސް އައިކިއުއެއާއިން ބުނެއެވެ. އަދި، 2022 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ވައި ތަޣައްޔަރުވެފައިވާއިރު، އޭރު އިންޑިއާވެފައިވަނީ ދުނިޔޭގެ އަށްވަނައަށް އެންމެ ތަޣައްޔަރުވެފައިވާ ގައުމަށެވެ.

ވައި ތައްޣަޔަރުވުމަކީ އިންޑިއާގެ ސިޓީތަކުގައި ވަރަށް އާންމު ސީރިއަސް މައްސަލައެކެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ހަލުވިކަމާ އެކު ސިނާއީ ކުރިއެރުމާ އެކު، އެކަށީގެންވާ ގޮތެއްގައި ތިމާވެށީގެ ގާނޫނުތައް ތަންފީޒުނުކުރުމަކީ އިންޑިއާގެ ޖައްވު ތަޣައްޔަރުވާން ދިމާވާ އެންމެ ބޮޑު މައްސަލައެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި އިންޑިއާއަށް ގިނަ ތަރައްގީ އައިސްފައި އޮތް ނަމަވެސް ސިނާއީ ދާއިރާގައި ތަންފީޒުކުރަންޖެހޭ ގާނޫނުތައް ތަންފީޒުނުކޮށް އޮތުމުން ކާރުހާނާތަކުން ތަޣައްޔަރުވުން ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތަކަށް އަމަލެއް ނުކުރެއެވެ. އެއާ އެކު ވައި ތަޣައްޔަރުވާ މިންވަރު ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާ ކަމަށް އައިކިޔުއެއާއިން ބުނެއެވެ.

ދިއްލީގެ ވައި އެންމެ ބޮޑަށް ނުސާފު ވަނީ ފިނި މޫސުމުގައެވެ. ވައި ނުސާފުވުމުގެ ސަބަބުން މިދިޔަ އަހަރު ދިއްލީގެ ސްކޫލްތައް ވެސް ގިނަ ދުވަސްތަކަކަށް ބަންދުކުރިއެވެ.

comment ކޮމެންޓް