ބޮޑު ލައިވް ބްރޯޑްކާސްޓެއް، ޕްރޮޑަކްޝަނުގައި ހުސް ދަރިވަރުން

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ސްޕޯޓްސް ފެސްޓިވަލް ކަވަރުކުރުމުގައި ބައިވެރިވި ދަރިވަރުންތަކެއް.-- ފޮޓޯ: ދ. އަތޮޅު ތައުލީމީ މަރުކަޒު

މަލްޓި ކެމެރާ ސެޓަޕެއްގައި ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ފުޓްސެލް މެޗެއް ލައިވްކޮށްފިއެވެ.

މިއީ ރާއްޖޭގެ ސުކޫލެއްގައި ދަރިވަރުން ލައްވާ މިފަދަ ސެޓަޕެއްގައި ސުކޫލުގެ މެޗެއް ލައިވް ކުރި ފުރަތަމަ ފަހަރު ކަމަށް ވާއިރު އެ ސްކޫލުން ބުނީ މި މެޗު ލައިވްކޮށްދީފައިވަނީ އެ ސުކޫލުގެ އާޓްސް އެންޑް މިޑިއާ ކުލަބުން ކަމަށެވެ.

މި މުބާރާތުގެ މަންޒަރުތަައް އެ ދަރިވަރުން ލައިވްކޮށް ގެނެސްދީފައިވަނީ ބެލުންތެރިންނަށް ދަނޑުގެ ތަފާތު އެކި ދިމަދިމާ ފެންނާނެހެން މަލްޓި ކެމެރާ ސެޓަޕެއް ބޭނުންކޮށްގެންނެވެ.

އެ ސްކޫލުން ބުނީ މި ޕްރޮޑަކްޝަނުގެ ތެރެއިން ވައިޑު ކެމެރާ ޝޮޓުތަކާއި، ފްރޭމިންގެ އިތުރުން ކްލޯޒްއަޕް ކެމެރާ ޝޮޓުތައް ވެސް އެ ކުދިން ދަސްކޮށްފައިވާ ކަމަށެވެ. އަދި މީގެ އިތުރުން މަލްޓި ކެމެރާ ލައިވް ޕްރޮޑަކްޝަނުގެ ފުލޯ ވެސް އެ ކުދިން ދަސްކޮށްފައިވާކަމަށް އެ ސްކޫލުން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން އިޓަކޮމް ސިސްޓަމްތައް މެދުވެރިކޮށް މުއާމަލާތްކުރަން ވެސް އެ ކުދިން ވަނީ ދަސްކޮށްފައެވެ. އަދި ލައިވް ކުރަމުންދާއިރު ބެލުންތެރިންނާ ހަމައަށް ގެނެސްދޭނީ ކޮން ކެމެރާއެއްގެ މަންޒަރެއްތޯ ވެސް އެ ކުދިން ވަނީ ދަސްކޮށްފައެވެ.

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ސްޕޯޓްސް ފެސްޓިވަލް ކަވަރުކުރުމުގައި ބައިވެރިވި ދަރިވަރުންތަކެއް.-- ފޮޓޯ: ދ. އަތޮޅު ތައުލީމީ މަރުކަޒު

މީގެ އިތުރުން ބޫމް މައިކު އޮޕަރޭޓު ކުރާނެ ގޮތާއި، އެ ފަދަ ކުޅިވަރު ހަރަކާތެއްގައި އެ ތަނުގައި ހުންނަ އަޑު އަދި ސްޓޭޖް އޯޑިއޯ މައިކުގެ އަޑު ވެސް ދެ އޯޑިއޯ މިކްސާއެއް ބޭނުންކޮށްގެން ހިފަހައްޓަން އެ ކުދިންނަށް އެނގޭނެކަމަށް ވެސް އެ ސްކޫލުން ބުނެފައިވެއެވެ.

އަދި މިހާރު ވެސް ވީޑިއޯ ޕްރޮޑަކްޝަނާއި، އޯޑިއޯ ތިއަރީގެ ޓްރެއިނިން ވެސް މިހާރު އެ ކުލަބުގެ ކުދިންނަށް ދެމުންގެންދާކަމަށް އެ ސުކޫލުން ވަނީ ފާހަގަކޮށްފައެވެ.

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ސްޕޯޓްސް ފެސްޓިވަލް ކަވަރުކުރުމުގައި ބައިވެރިވި ދަރިވަރުންތަކެއް.-- ފޮޓޯ: ދ. އަތޮޅު ތައުލީމީ މަރުކަޒު

އެ ސުކޫލުން ބުނެފައިވަނީ މި އިވެންޓުގެ ހުރިހާ އިންތިޒާމެއް ވެސް ހަމަޖެހިފައި ހުންނާނީ ޓީވީ ބްރޯޑްކާސްޓިންގެ ފެންވަރަށް ކަމަށެވެ.

އަދި މި ހަރަކާތުގެ ސަބަބުން އެ ކުލަބުގައި ހަރަކާތްތެރިވާ ދަރިވަރުންނަށް މިކަމާ ގުޅޭ ތަޖުރިބާ ތަކެއް ލިބިގެން ދިޔަކަން ވެސް އެ ސުކޫލުން ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް