ޑިފޯލްޓް ވެބް ސާޗް އިންޖީން ބަދަލުކުރުމުގެ ފުރުސަތު ގޫގުލްއިން ދޭން ފަށައިފި

ގޫގުލް ޕިކްސެލް

ގޫގުލްގެ ޕިކްސެލް ސްމާޓްފޯން ބޭނުންކުރާ ފަރާތްތަކަށް ޑިފޯލްޓް ވެބް ސާޗް އިންޖީން ބަދަލުކުރުމުގެ ފުރުސަތު ގޫގުލްއިން ދޭން ފަށައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި މި ފުރުސަތު އަދި މިހާތަނަށް ގޫގުލްއިން ދެނީ ހަމައެކަނި ޔޫރަޕްގައި ދިރިއުޅޭ ފަރާތްތަކަށް އެކަންޏެވެ.

ޔޫރަޕްގެ ގައުމުތަކުގެ ޕިކްސެލްގެ ގިނަ އޯނަރުން އާ "ސާޗް އިންޖީން ސިލެކްޓާ" އެޕްލިކޭޝަނެއް މެދުވެރިކޮށް އެ މީހުން ބޭނުންވާ ސާޗް އިންޖީނު އިޚްތިޔާރު ކުރަން އެންގި ނޯޓިފިކޭޝަނެއް ފެނިފައިވާކަމަށް ޓެކް ރިޕޯޓްތައް ބުނާއިރު، ގޫގުލް ސާޗްގެ ބަދަލުގައި އެހެން ގޮތެއް ޚިޔާރުކުރުމުގެ އޮޕްޝަން ފެންނަނީ ޕިކްސެލް ލޯންޗާ ސެޓިންގެ ތެރެއިންނެވެ.

އޮންލައިންކޮށް ހިއްސާކޮށްފައިވާ ސްކްރީން ޝޮޓްތަކުގައިވާ ގޮތުން ލޯންޗާ ސެޓިންގައި އާ ސާޗް އިންޖީން އޮޕްޝަން އިޚްތިޔާރު ކުރުމުން މައިކްރޮސޮފްޓް ބިންގް، ޑަކްޑަކްގޯ، އިކޯސިއާ ފަދަ އިންސްޓޯލްކޮށްފައިވާ ވެބް ސާޗް އެޕްލިކޭޝަންތަކުގެ ލިސްޓެއް ދައްކައެވެ.

މެސެޖެއްގައި ބުނެފައި ވަނީ ވެބް ސާޗް ކުރުމަށް ބޭނުންކުރާނެ އެޕް އިޚްތިޔާރު ކުރާށެވެ. އެހެން ހެދުމުން ހޯމް ސްކްރީނުން ގޫގުލްގެ ސާޗްގެ ބަދަލުގައި ފެންނާނީ އެ މީހަކު ނެގި ސާޗް އިންޖީނެކެވެ.

މި ބަދަލުގެ ސަބަބުން ޔޫރަޕްގައި ޕިކްސެލް ބޭނުންކުރާ ފަރާތްތަކަށް އެ މީހުންގެ ޑިވައިސްގެ ޑިފޯލްޓް ވެބް ސާޗް ޕްރޮވައިޑަރު ގޫގުލް ގެ ބަދަލުގައި ފުރަތަމަ ފަހަރަށް އެމީހަކު ބޭނުންވާ ވާދަވެރި އިންޖީނަކަށް ބަދަލުކުރެވޭނެއެވެ.

މި ރޯލްއައުޓަކީ ޑިޖިޓަލް ހިދުމަތްތަކާއި ޕްލެޓްފޯމްތަކުގައި ކޮންސިއުމާ ޗޮއިސް އާއި އިންސާފުވެރިކަން ކުރިއެރުވުމުގެ މަގްސަދުގައި އީޔޫއިން އަލަށް އަމަލުކުރަން ފެށި ޑިޖިޓަލް މާކެޓްސް ގާނޫނާ އެއްގޮތަށް ގޫގުލް އިން އެންމެ ފަހުން އެޅި ފިޔަވަޅެވެ.

ޑީއެމްއޭގެ ޝަރުތުތަކާ އެއްގޮތަށް ބޭނުންކުރާ ފަރާތްތަކަށް "އެޑިޝަނަލް ޗޮއިސް ސްކްރީން" ދިނުމަށް އާ ސާޗް އިންޖީނާއި ބްރައުޒާ ޕްރިފަރެންސް މެނޫތައް އިތުރުކުރުމުގެ ތަފްސީލީ ޕްލޭންތައް ގޫގުލް އިން މީގެ ކުރިން ވަނީ ރާވާފައެވެ.

އެޕަލް ފަދަ ޓެކްނޮލޮޖީގެ އެހެން ކުންފުނިތަކުން ވެސް ދާދި ފަހުން ވަނީ ޔޫރަޕްގައި ވިއްކާ އެ މީހުންގެ ޑިވައިސްތަކުގައި އެފަދަ ފަންކްޝަނަލިޓީއެއް ގާއިމްކޮށްފައެވެ.

މިވަގުތު ސާޗް އިންޖީން ސްވިޗާ ފަންކްޝަނަލިޓީ ފެންނަނީ ގޫގުލްގެ އަމިއްލަ ޕިކްސެލް ފޯނުތަކަށެވެ. ނަމަވެސް ޑީއެމްއޭގެ އުސޫލަށް ފުރިހަމައަށް އަމަލުކުރަން ފެށުމުން ކުރިއަށް އޮތް މަސްތަކުގައި ޔޫރަޕްގެ އެކި ކަންކޮޅުތަކުގައި ތާޑް ޕާޓީ އެންޑްރޮއިޑް ޑިވައިސް އުފައްދާ ފަރާތްތަކަށް އެ ފުރުސަތު އެ ކުންފުނިން ފުޅާކުރާނެ ކަމަށް ބެލެވެއެވެ.

މި ބަދަލުތަކުގެ ސަބަބުން އެންޑްރޮއިޑްގެ ފައިދާހުރި ވެބް ސާޗް މާކެޓުގެ މައްޗަށް ގޫގުލްގެ ހަރުދަނާ ބާރު ގެއްލި، ވާދަވެރިންނަށް ޑިފޯލްޓްކޮށް ބޭނުންކުރާ މީހުންގެ ހިތްތައް ހޯދުމުގައި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

އެހެންނަމަވެސް، ޔޫރަޕިއަން ޕިކްސެލްގެ އޯނަރުންނަށް، އެފަރާތްތަކުގެ އިސްކަންދޭ ސާޗް ޕްރޮވައިޑަރު ހޮވުމުގެ މިނިވަންކަން ލިބުމަކީ، އީޔޫގެ އާ ޑިޖިޓަލް ނިޒާމުގެ ދަށުން ރެގިއުލޭޓަރުން ރުއްސުމާއި، ޖޫރިމަނާ ނުވަތަ އެހެނިހެން ފިއްތުންތަކުން ސަލާމަތްވުމަށް ގޫގުލްއިން ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް