"ރަސްއައިން" ނަމުގައި މަސްވެރިންނާއި ދަތުރުވެރިންނަށް އެޕްލިކޭޝަނެއް ތައާރަފްކޮށްފި

ރަސްއައިން އެޕްލިކޭޝަން ލޯންޗުކުރުން -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްބާނާ ދިވެހި މަސްވެރިންނާއި ދަތުރުވެރިންގެ ރައްކާތެރިކަމަށްޓަކާ "ރަސްއައިން"ގެ ނަމުގައި ދިވެހި ސިފައިންގެ ޚިދުމަތުން އެޕްލިކޭޝަނެއް ތައާރަފްކޮށްފިއެވެ.

މި އެޕްލިކޭޝަން ތައާރަފްކޮށްދެއްވީ، މިރޭ ނ. މާފަރުގައި ބޭއްވި ރައްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

މިއީ ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު އިތުރުކުރުމާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ތައާރަފްކުރާ އެޕްލިކޭޝަނެކެވެ.

އެގޮތުން މި އެޕްލިކޭޝަންގައި ރާއްޖޭގެ މެޕާއެކު މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރޭ މޫސުމީ އިންޒާރު ފަދަ މުހިންމު މައުލޫމާތު ހިމަނާފައި ހުންނާނެއެވެ.

މީގެ އިތުރުން، މި އެޕްލިކޭޝަނުން މަސް ކަނދުފަތިތައް އަޅައިފައިވާ ސަރަހައްދުތަކާ އެހެނިހެން ވަސީލަތްތަކުން އެއްކުރާ މަސް ހުންނަ ތަންތަނުގެ މައުލޫމާތާ ރާއްޖޭގެ އޮއެވަރާ ދިޔަވަރު ފެންނާނެއެވެ.

މި އެޕްލިކޭޝަން އެޕަލް އާއި އައިއޯއެސްގެ ފޯންތަކުން ބޭނުން ކުރެވޭނެއެވެ.

comment ކޮމެންޓް